2022 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު 1.2 މިލިއަން ދިވެހި ރުފިޔާ އަށް ޑީއެމްއެން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި ޙަވާލުކޮށް ގދ ތިނަދޫ ، ސްޓޭޑިއަމް ގައި އައުޓްޑޯރ ހޭންޑްބޯލް ކޯޓެއް ތަރައްޤީ ކުރި ޚަބަރު ވެގެން ދިޔައީ ރާއްޖޭގެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ތާރީޚީ ކަމަކަށެވެ. އެހެނީ އެ ތަނަކީ މާލެ ފިޔަވާ ރާއްޖޭގެ އަތޮޅުގެ ރަށެއްގައި ތަރައްޤީކުރެވުނު ފުރަތަމަ އައުޓްޑޯރ ހޭންޑްބޯލް ކޯޓެކެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން ހެދި މި ހޭންޑްބޯލް ކޯޓްގެ ހުރިހާ މަސައްކަތެއް ނިންމާ، މިނިސްޓްރީން މިހާރު ވަނީ ގދ ތިނަދޫ ސްޓޭޑިއަމާއި ޙަވާލު ކޮށްފައެވެ. އަދި ހުވަދު އަތޮޅުގައި ހުންނަ ހަމައެކަނި ސްޓޭޑިއަމް ނުވަތަ މީގެ ކުރިން ޒޯނު ސްޓޭޑިއަމް, މިހާރު ތިނަދޫ ސްޓޭޑިއަމް ގެ ކުޅިވަރާ ކަސްރަތުގެ މާހައުލަށް އިތުރުވި ހޭންޑްބޯލް ކޯޓް ގެ ބޭނުން ކުރަން ފެއްޓުމައް ތިނަދޫ ސްޓޭޑިއަމުން ވެސް ވަނީ ތައްޔާރު ވެފައެވެ.
މިރޭ 9:30 ބާއްވަން ހަމަޖެހިފައިވަ "އިފްތިތާޙީ މެޗް" ކުޅުމަށް ރަށުގެ އުތުރާ ދެކުނުން 2 ޓީމު ނަގާ އެ ޓީމު ތަކަށް ޖާރޒީ ވެސް ޙަވާލު ކޮށްފައެވެ. 2 އަވަށުގެ މެދުގައި ހެޔޮވަރުގެ ރޫޙެއްވެސް ގެނުވާފައެވެ. ތިނަދޫ ގެ 2 އަވަށު އަންހެނުންގެ ކުރިމަތިލުމަކާއެކީ "ތިނަދޫ" އަނެއްކާވެސް ތާރީޚުގެ ތެރެއަށް މިރޭ ވަދެގެން ދާއިރު މި މެޗު ވެގެން ދާނީ ރަށް 2 އެއަވަށަކަށް ބަހާލެވިގެން މި ފަދަ ކުރިމަތިލުމަށް ނުބައްވާތާ ގިނަ ދުވަސްތަކަކަށް ފަހު ބާއްވާ ބޮޑު މެޗަކަށެވެ. ޒުވާން އަންހެންވެރިންގެ ބޮޑު ހިފުކަށެވެ.

ތިނަދޫ ގެ ތާރީޚަށް ބަލާއިރު މި ރަށަކީ ވަރަށް ގިނަ ތާރީޚީ ކަންކަން ހިގާފައި ނުވަތަ ކުރެވިފައިވާ ރަށެކެވެ. ކުޅިވަރަށް ބަލާއިރު ޤައުމީ ލެވެލްގައި ވަނީ ދިވެހި ތާރީޚުން ޖާގަ ހޯދާފައެވެ. ޚާއްސަކޮށް ފުޓްބޯޅައިންނެވެ. އިޖުމާލީކޮށް ބަލާއިރު ތިނަދޫ އަކީ ވަރަށް ކުޅިވަރުގެ ރަށެކެވެ. ރަށު ވަންތަ ރޫޙު ބޮޑު ރަށެކެވެ.

ކުޅިވަރުގެ ތަޖުރިބާކާރުން ބުނަނީ ތިނަދޫ އަކީ ޒަމާނުއްސުރެ އަވަށު ވާދަވެރިކަން ވަރަށް ބޮޑު ބައެކެވެ. ޖޯޝާ ފޯރިނަގާ ބައެކެވެ. އެހެންކަމުން ތިނަދޫ ސްޓޭޑިއަމް ގައި މިރޭ ކުޅޭ "އިފްތިތާޙީ މެޗް" ވެގެން ދާނީ ވަރަށް ފޯރިގަދަ މެޗަކަށެވެ. ގިނަ ބަޔަކު ކުޅި ބަލަން ދާނެ މެޗަކަށެވެ. ތިނަދޫއަށް ހޭންޑްބޯޅަ ތަޢާރަފް ވިތާ މާގިނަ އަހަރު ތަކެއް ނުވިއަސް މިހާރު ތިނަދޫއަކީ ކުޅަދާނަ މޮޅު ކުޅުންތެރިން ގިނަ ރަށެކެވެ. ގިނަ މުބާރާތް ތަކެއް ކުޅެ ތަޖުރިބާވެސް ލިބިފައި ތިބި ކަނބަލުން ގިނަ ރަށެކެވެ. އެ ގޮތުން ބަލާއިރު މިރޭގެ މެޗް ވެގެންދާނީ މޮޅު ކުޅުމާއި ހުނަރު ފެނިގެންދާނެ ކުޅިވަރުގެ ރޫހާ އެއްގޮތުގެ ނަމޫނާ މެޗަކަށެވެ. ޚާއްޞަ ރަސްމިއްޔާތަކާއެކު ފަށާ މި މެޗައް ތިނަދޫ ސްޓޭޑިއަމް އިން ވަނީ ރައްޔިތުންނަށް އާންމު ދަޢުވަތެއް ދީފައެވެ.







ޚިޔާލު (1)
ޥަރަށް އަންހެންކޮށް އަންހެންވަންތަ ލިޔުމެއް.