1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރޯދަމަހު ކުޅިވަރުކުޅޭ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނި ތިނަދޫ ކައުންސިލްގެ ރައީސް ކުޅިވަރު މެޗެއްގެ މެހުމާނަކަށް!

341703818_238019275400205_6639841784454819974_n
މިރޭ ކުރިއަށްދިޔަ ހޭންޑްބޯލް އަންހެން މެޗުގެ މެހުމާނުންގެ ތެރޭގައި ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު އަލީ
ހުވަދޫ ނިއުސް ޓީމް
1,293ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހިނގަމުން މިދާ ރަމަޟާން މަހުގައި ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައި ކުޅިވަރު ކުޅެ މުނިފޫހިފިލުވާނަމަ ތިނަދޫ ކައުންސިލުން ފިޔަވަޅު އަޅާނެ ކަމަށް ބުނެ، އުސޫލުތަކެއް އިއުލާނު ކޮށްފައިވަނިކޮށް އަންހެން ހޭންޑްބޯލް މެޗެއްގެ މެހުމާނެއްގެ ގޮތުގައި އެ ކައުންސިލްގެ ރައީސް ސައުދު އަލީ ބައިވެރިވެއްޖެއެވެ.

ތިނަދޫ ކައުންސިލްގެ ރަސްމީ ފޭސްބުކްޕޭޖުގައި އާންމުކުރި މިއަހަރުގެ 33 ވަނަ އިއުލާނުގައި ބުނެފައިވަނީ، ދުވާލުގެ ވަގުތުގައި އާއި ޚާއްސަކޮށް ރޭގަނޑުގެ ވަގުތުގައި ކުޅިވަރުގެ ހަރަކާތެއް އަދި މުނިފޫހި ފިލުވުމުވެ ހަރަކާތެއް އެއްވެސް މިންވަރަކަށް ހިންގައިގެން ނުވާނެ ކަމަށެވެ.

އަދި ސަރުކާރުގެ މުވައްސަސާތަކާއި، ސްކޫލްތަކާއި، ޖަމިއްޔާ ޖަމާޢަތްތަކުން ކުޅިވަރުގެ އެފަދަ ކަމެއް ނުކުރުމަށާއި، އެފަދަ ކަމަކަށް ކައުންސިލްގެ އެއްވެސް އެއްބާރުލުމެއް ނުލިބޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

300 × 250

https://huvadhoomedia.com/30395/

ތިނަދޫ ކައުންސިލްގެ އިއުލާނުގައި ބުނެފައިވާ ކަންކަމަށް އެއްބާރުލުން ނުދޭނަމަ އަދި ގަސްތުގައި އުސޫލާއި ޚިލާފަށް އަމަލު ބަހައްޓާނަމަ، އެފަދަ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވަނިކޮށް، ތިނަދޫގައި ސަރުކާރުން ތަރައްޤީކުރި ހޭންޑްބޯލް ކޯޓު ހުޅުވުމަށް ޔޫތް މިނިސްޓްރީ އިން ވަނީ އަންހެން ހޭންޑްބޯލްގެ "އިފްތިތާޙީ މެޗް" މެޗެއް ކުރިއަށް ގެންގޮސްފައެވެ. އަދި މި މެޗުގެ ޚާއްސަ މެހުމާނުންގެ ތެރޭގައި ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ހޭންޑް ބޯލް ކޯޓުގައި އިންނެވިއެވެ.

ރާއްޖޭގެ މީޑިއާތަކުގެ ފަލަ ސުރުޚީ އިން ޖާގަ ހޯދި މި އުސޫލަށް އެ ކައުންސިލްގެ ރައީސް އަމަލު ނުކުރެއްވުމުން މީސްމީޑިއާގައި އެކި ފަރާތްތަކުން ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

ރަމަޟާން މަހަށް ޚާއްސަ ކޮށްގެން ތިނަދޫ ކައުންސިލުން އުސޫލެއް އާންމު ކޮށްފައިވީ ނަމަވެސް، ތިނަދޫ އަމިއްލަ ފަރާތަކުން ވަނީ ބެޑްމިންޓަން މުބާރާތެއް ވެސް ބާއްވާފައެވެ. އަދި ތިނަދޫ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީ އިން އިއުލާން ކުރި ހޭންބޯލް މުބާރާތަކާއި ގުޅިގެން ކުލަބުތަކާއި އޮފީސް ތަކުން ދަނީ ޤަވާއިދުން ކުޅިވަރު ކުޅެ ފަރިތަކުރުންތައް ގެންދަމުންނެވެ.

އަދި މިކަން ކަމަކީ ކައުންސިލަށް ގޮންޖެއްސެވުމަށް ކުރާ ކަންކަން ކަމަށް ތިނަދޫ ކައުންސިލްގެ ރައީސް މީގެ ކުރިން ސިފަކޮށްފައިވަނިކޮށް މިރޭ ކުރިއަށް ދިޔަ ހޭންޑް މުބާރާތުގައި ތިނަދޫ ކައުންސިލްގެ ރައީސް ވަނީ ތަރުޙީބު ދިނުމުގެ ގޮތުގައި މެޗުގެ މެހުމާނެއްގެ ގޮތުގައި ބައިވެރިވެފައެވެ.

މީސްމީޑިއާގައި ތިނަދޫ ކައުންސިލަށް ފާޑު ކިޔުން އަމާޒުވެގެން ދާއިރު، ބައެއް މީހުން ބުނަނީ ތިނަދޫ ކައުންސިލްގެ އެ އުސޫލަކީ މީޑިއާ ސްޓަންޓެއް ކަމަށާއި، އަމިއްލަ އަށް ބުނާ ބަހުގެ އިތުބާރު ނުހިފޭ ކަމަށެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ރޯނުއެދުރު

    އޭނާއަށް އެޅޭނީ ކުރިއަށް 1 ފިޔަވަޅު ފަހަތަށް 2 ފިޔަވަޅު . މިކަހަލަ އާދައިގެ މަގާމެއް ލިބުނަސް މީހާގެ ސައިޒު ހުންނަނީ ހިތުން އެތެއް ހާ ބޮޑުވެފަ.

ގުޅުންހުރި