އެޕްރިލް މަހުގެ 14 ން 16 ށް ގދ ފިޔޯރީ ކައުންސިލްގެ ހޯލުގައި ކުރިއަށް ދިޔަ ފިޔޯރީ ކައުންސިލް ފޭސް ޤުރްއާން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހުގެ ރޭ ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދެވެ. ޖަލްސާގައި މުބާރާތުން ވަނަތައް ޙާޞިލު ކުރި ބައިވެރިންނަށް ހަނދާނީ ލިޔުމާއި، ތަށްޓާއި އިނާމް ޙަވާލުކުރުން އޮތެވެ. އަދި ޖަޖުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ އެރުވުނެވެ. އަދި ޖަލްސާގައި، ފޭސް ޖަމްޢިއްޔާގެ ތަދްރީސުލް ޤުރްއާން ކްލާހުން ހިންގި ޤާރީ ކޯސް ލެވެލް 3 ގެ ބައިވެރިންނަށް ސެޓްފިކެޓް ދެވުނެވެ.

މުޅި މުބާރާތުން އެއްވަނަ ހޯދާފައިވަނީ ފިޔޯރީ ، އަންނާރުމާގެ ޢާއިޝަތު އާޝާ އަބްދުއްރަޙްމާން އެވެ. އެއްވަނަ އަށް 10000 ރުފިޔާ އާއި، އެލް މޮބައިލް އާއި ޕޮައިސް އިން ހުށަހެޅި އިނާމު ދެވުނެވެ.
ދެވަނައަށް ހޮވުނީ ފިޔޯރީ ރީފްވިއު، ޢާއިޝަތު ރީޝާ ޖަޒީލް އެވެ. ދެވަނަ އަށް 7000 ރުފިޔާ އާއި ޕޮައިސް އިން ހުށަހެޅި އިނާމު ދެވުނެވެ. ތިން ވަނައަށް ހޮވުނީ ފިޔޯރީ ސޯސަންގެ، މަރްޔަމް ޖަނާން ނަޒީފެވެ. ތިން އަށް 5000 ރުފިޔާ އާއި ޕޮައިސް އިން ހުށަހެޅި އިނާމު ދެވުނެވެ. މުބާރާތުގެ އެއްވަނަ އަވަށަކީ ކަރަންކާ އަވަށެވެ. މުބާރާތުގެ ކިޔެވުން އިންސާފު ކޮށްދެއްވީ ރާއްޖޭގެ ނަން މަޝްޙޫރު ބޭފުޅުން ކަމުގައިވާ އިބްރާހީމް ޝިފާއު އާއި، އިބްރާހީމް ރަމްޒީ އަދި އިބްރާހީމް ޒުހައިރެވެ.
މި މުބާރާތަކީ ކައުންސިލުން 50000 ރުފިޔާ ދީގެން ފޭސް އިން ހިންގި މުބާރާތެކެވެ. 2016 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާއި ހަމައަށް ފޭސް އިން ވަނީ އަލިގަދަ ތަރި ނަމުގައި ފިޔޯރީ ގައި ޤުރްއާން މުބާރާތެއް ބާއްވައިފައެވެ. އަދި 2021 ވަނަ ދާއިރާގެ ރަށްތަކުގެ މެދުގައި ޤުރްއާން މުބާރާތެއް ބާއްވައިފައެވެ.
މި މުބާރާތަށް އެހީތެރިކަން ފޯރު ކޮށްދީފައިވާތީ، ފިޔޯރީ ކައުންސިލް، ފިއުލް ސަޕްލައި މޯލްޑިވްސް، މޯލްޑިވިއަން، ފޮއިސް ޕާފިއުމްސް، ގދ.އަތޮޅު ކައުންސިލް، އެލް މޯބައިލް އަދި އެވެންކިއާ އަށް ފޭސް އިން ޝުކުރު އަދާ ކުރެއެވެ.
ފޭސް ޖަމިއްޔާއަކީ 2015 ވަނަ އަހަރުން ފެށިގެން އިޖުތިމާއި ގޮތުން ފިޔޯރީގައި ކޮންމެ އަހަރަކުވެސް ގިނަ ޙަރަކާތްތަކެއް ހިންގަމުން އަންނަ ޖަމްއިއްޔާއެކެވެ. މިގޮތުން ބީ.އެޗް.އެމް.ގެ އެހީގައި ފިޔޯރީ ބަނދަރު ސަރަހައްދުގައި އިމާރާތްކޮށްފައިވާ މިސްކިތް ބެލެހެއްޓުމާއި، ތަދްރީސުލް ޤުރްއާން ގެ ނަމުގައި ޤުރްއާން ކްލާހެއް ހިންގުމާއި، ރަށުގެ ބަނދަރު ސަރަހައްދުގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރަމުން ދިއުމާއި، ފޭސް އެކަޑަމީގެ ނަމުގައި ފުޓްބޯޅަ އެކަޑަމީއެއް ހިންގުމާއި، 2016 ވަނަ އަހަރުން ފެށިގެން އަލިގަދަ ތަރި ނަމުގައި ޤުރްއާން މުބާރާތެއް ބޭއްވުމާއި، އިޖުތުމާއީ ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ފިޠުރު ޣީދުގައި އީދު ސައި ނަމުގައި ރަށުގެ ރައްޔިތުންނަށް ސައެއް ބޭއްވުން ހިމެނެއެވެ. މީގެ އިތުރުންވެސް ފިޔޯރީގައި ޙަރަކާތްތަައް ބާއްވަމުން އަންނަ މި ޖަމްއިއްޔާއަކީ ފިޔޯރީގައި ހިންގާ އެންމެ ހަރަކާތްތެރި ޖަމްއިއްޔާއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.