ގދ ފަރެސްމާތޮޑާ ފަޅު ތެރޭގައި އޮންނަ ފިނޮޅަށް ކަމުގައިވާ އޮޅުކޮޑު ހުއްޓާ ނެތިގެން ދާގޮތަށް ދޮން ވެލި ނަގައިގެން ރަށުން ބޭރަށް ގެންދާތީ ރައްޔިތުން ރަތައް އަރައި މުޒާހަރާ ކުރަން ފަށައިފިއެވެ. "ހުވަދޫ " މީޑިއާ އަށް މައުލޫމާތު ދެއްވަމުން ފަރެސްމާތޮޑާ ކައުންސިލްގެ ނައިބް ރައީސް ނަސްރުﷲ އަލީ ވިދާޅުވީ އެރަށު އިރުމަތީ ފަޅުތެރެއިން ވެލި ނަގަން ނިންމިކަން ކައުސިލަށް ވެސް އަންގާފައި ނުވާ ކަމަށާއި މިއަދު ވެސް އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަސްރަﷲ ވިދާޅުވީ މިހާރު ވެސް ރައްޔިތުން ތިބީ އެކަމާ ދެކޮޅަށް މުޒާހަރާ ގައި ކަމަށެވެ.
"ކުއްލިއަކަށް އިއްޔެ ވެހިކަލާއި އުޅަނދުތައް ހިފައިގެން އައިސް ވެލިނެގުމުގެ މަސައްކަތް ފެށިތަން އަޅުގަނޑުމެންނަށް ވެސް ފެނުނީ. މިއަދު ވެސް އެހެން ވަރަށް ދެރަ ކަމެއް މީ " ނަސްރުﷲ ވިދާޅުވިއެވެ.
ރަށު ރައްޔިތުން ނިކުމެ ވެލި ނެގުމާ ދެކޮޅަށް މުޒާހަރާ ކުރަން ފެށުމުން ވެލި ނެގުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާ ލާފައި އޮތުމަށް ފަހު, މިހާރު މިއަދު ވެސް އެކަން އެގޮތަށް ކުރަން ފަށާ ފަށާފައިވާ ކަމަށް ނަސްރުﷲ ވިދާޅުވިއެވެ. ނަސްރުﷲ ވިދާޅުވީ ކުރިން އެނގިފައިވާ ގޮތުން ފުވައްމުލަކަށް ގެންދަން ނިންމާފައިވަނީ އެއާޕޯޓު ހެދުމަށްފަހު ބާކީ ހުރި ވެއްޔެވެ. ނަމަވެސް ފަރެސްމާތޮޑާ ފަޅު ކޮނެގެން ވެލި ނެގުމަކީ ކައުސިލުން ހުއްދަ ދެއްވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފަސް ތައް ރަށުން ބޭރު އެހެން ރަށަކަށް ގެންދާ ނަމަ ކައުންސިލާ ވާހަކަ ދައްކާ އެގްރީމެންޓް ކުރެވި ވަކި އުސޫލެއް ވެސް އިންނަން ވާނެ ކަމަށް ނަސްރު ވިދާޅުވިއެވެ. ފަރެސްމާތޮޑާއިން ވެލިގެންދަނީ ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ފަށާފައިވާ މަޝްރޫއަށް ވެލި ބޭނުންވާތީ ކަމަށް ނަސްރުﷲ ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.