1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މުޅި ރާއްޖެއަށް ހުޅުވާލައިގެން ތިނަދޫ އިން ގޯތި،ބިން ދޫ ކުރަން އިޢުލާން ކޮށްފި

98CF13C4-A8D5-4CFD-B191-700D10DE0D60
ގދ.ތިނަދޫ
މުހައްމަދު އަޚްތަރު
1,267ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

1500 އަކަފޫޓާ، 2000 އަކަފޫޓާ ދެމެދުގެ 150 ކޮންޑިޝަނަލް ގޯތި ދިނުމަށް ގދ ތިނަދޫ ކައުންސިލުން މިއަދު އިއުލާނުކޮށްފިއެވެ.

ތިނަދޫ ލޭންޑް ޔޫސް ޕްލޭންގައި ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކުގެ ތެރެއިން  ބްލޮކް ނަންބަރު: I,J,K,L,O,P,R,V,W މި 9 ބްލޮކުން ކެޓަގަރީތަކަށް ބަހާލައިގެންނެވެ.

787E4343-AFDD-4F6B-8524-47AC911F4E8E

300 × 250

ދިރިއުޅުމަށް ކޮންޑިޝަނަލް ގޯތި ދޫކުރުމަށް ތިނަދޫ ކައުންސިލުން ފަށާފައިވާ މި އުސޫލަކީ ރާއްޖޭގައި މުޅިން އަލަށް ކުރަން ފަށާކަމެކެވެ. މިއީ ތިނަދޫ ލޭންޑް ޔޫސް ޕްލޭންގައި ގޯތީގެ ގޮތުގައި ކަނޑައަޅާފައިވާ ގިނަ ހުސްބިންތަކެއް ހުރުމުގެ ސަބަބުން، އެ ބިންތަކަކީ ކޮންޑިޝަނަލް ގޯތީގެ ގޮތުގައި އިމާރާތްކޮށް ތަރައްގީ ކުރުމަށް ދޫކުރެވޭ ބިންތަކެއް ކަމަށް ތިނަދޫ ކައުންސިލުން ބުނެއެވެ.

ތިނަދޫއިން ދޫކުރާ ކޮންޑިޝަނަލް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ 3 ކެޓަގަރީއަކަށެވެ.

8A9B87CF-E877-4489-8739-6D56C092C7B1

އެހެންކަމުން ކޮންޑިޝަނަލް ގޯއްޗަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން އެކަމަށް ހާއްސަކޮށްފައިވާ ފޯމު ފުރިހަމަކޮށް ލިޔެކިޔުންތަކާއެކު 01 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިނަދޫ ކައުންސިލަށް ހުށަހަޅަންވާނެއެވެ.

ދިރިއުޅުމަށްޓަކައި ދޫކުރާ ކޮންޑިޝަނަލް ގޯތި، ބިމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 18 މެއި 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:00 އަށް ތިނަދޫ ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ. ހުށަހަޅާ ފޯމް ތައް ހުށަހަޅަން ޖެހޭނީ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ފޯމުގެ އަސްލެވެ.

އަދި ރަށުން ބޭރުގައި ދިރިއުޅޭ ފަރާތްތަކުން ފޯމާއެކު ހުށަހަޅާ އެންމެހާ ލިޔެކިއުންތައް އީމެއިލް މެދުވެރިކޮށް ސޮފްޓްކޮޕީ ފޮނުވުމަށްފަހު، ހުށަހަޅަންޖެހޭ އެންމެހާ ލިޔެ ކިޔުންތަކުގެ ހާޑްކޮޕީތަކާއި، ގޯއްޗަށް އެދޭ ފޯމުގެ އަސްލު، ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވުމުގެ 7 ދުވަހުގެ ކުރިން ތިނަދޫ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ. އަދި އެއްވެސް ސަބަބަކާހުރެ، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް، މުއްދަތު ހަމަވުމުގެ ފަހުން ބަލައިނުގަނެވޭނެ ކަމަށް ތިނަދު ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

300 × 250

ތިނަދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ ކޮންޑިޝަނަލް ގޯއްޗާއި ބެހޭ އިތުރު މައުލޫމާތު

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ : ފޯން 6841718

info@thinadhoo.gov.mv

300 × 250

ޚިޔާލު (4)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ޑިޖިޓަލް ދުނިޔެ

    މިއީ ޑިޖިޓަލް ޒަމާނެއް. ހާޑްކޮޕީއާ ނުލައި ސެކުއަރ ޕޯޓަލްއަކުން އެޕްލިކޭޝަންތައް ހޯއްދަވާ.

  • ބިގަރު ކައުންސިލް

    އެކަނިވެރި މަޔަކަށް ނޫނީ ބަފަޔަކަށް ގޯތިދިނީމާ 5 އަހަރެއް ނޫން 10 އަހަރު ވިޔަސް ގޯތި އޮންނާނީ ދިންގިތަށް އެހެންވެ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް ހާސަކޮއްގެން ގޯތި މިދޫކުރަނީވެސް

  • ގދ.ހަވަރު ތިނަދޫ ބިގަރުކައުންސިލްގެ ނުވި މޭޔަރު ޕުރޮފެސަރު ޑޮކްޓަރު އަލްއުސްތާޒު ރޯނު އެދުރު ސައުދު އަލީ

    ކޮންޑިޝަނަލް ގޯތިތަކަކީ މީހުންނަށް ކުރިން ދޫކުރެވިފައިވިޔަސް މިހާރު އެކިސަބަބުތަކާހެދި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ގޯތިތަކެވެ. އެއީ ކުރީގެ ކައުންސިކުން ހައުސިންމިނިސްޓްރީގައި އެދިގެން ދޫކުރުމަށް ހުއްދަ ލިބިފައިވާ 150 ގޯއްޗެއްނޫނެވެ. ކޮންޑިޝަނަލް ގޯތި ދޫކުރަން ހައުސިންމިނިސްޓްރީން ހުއްދަ ނަގާކަށް ނުޖެހޭނެއެވެ. ކުރީ ކައުންސިލަށް ދޫކުރުމަށް ހުއްދަ ލިބިފައިވާ 150 ގޯއްޗާއި އިތުރު 750 ގޯތި 2024ގެ މަޖުލިސް އިންތިހާބުގެ ކުރިން ދޫކުރުމަށް އަޅުގަޑުވާނީ ނިންމާފައެވެ. އެގޯތިތަކަށް ކުރިމަތިލާއިރު މަޖުލިސް އިންތިހާބުގައި އަޅުގަނޑަށް ވޯޓުދޭން އިގުރާވާ ފޯމު ގޯތި ފޯމާ އެއްކަރުދާސް ކުރެވިފައިވާނެ ވާހަކަ ދެންނަވަމެވެ. އަދި އިގުރާރު ފޯމު ފުރިހަމަ ނުކުރާ ފަރާތްތަކުގެ ގޯތި ފޯމު ބާތިލުވާނެ ވާހަކަވެސް ދަންނަވަމެވެ. ޝުކުރިއްޔާ

  • ތިނަދޫ ކައުންސިލްގެ ޕޕއމ ގޮފި

    ކަލޯ ސައުދު އަލީއެވެ. ގދ.ތިނަދޫގައި މިވަގުތު ގޯތި ބޭނުންވެފައިތިބީ 70 މީހުން އެކަނިތަ؟ އަދިވެސް ލޭންޑްޔޫސް ޕްލޭން ހަދާނުނިމެނީތޯ ކޮންޑިޝަނަލް ގޯތިދޭން ތިއުޅެނީ؟ ޔާމިނު ސަރުކާރުގައި ތިނަދޫގައި ހިއްކާފައި އޮތް 64 ހެކްޓަރު ބިންވީމާތޯ އެބިމުން ގޯތިދޭން ޖެހިލުންވެގެން ތިއުޅެނީ؟ ހިއްކިބިން ފަޅަށް ބޭއްވީމާ އެބިން ކިތެންމެ ދުވަހެއްވިޔަސް ތަރަށްގީވާނެތޯ؟ މަޖުލިސް އިންތިހާބަށް ކަލޯ ނިކުންނައިރު ކެންޕޭނަށް ބަހަން ދޮންކުރަން ތޯ މިހާރު އެބިމުން ގޯތި ނުދީ ތިހިފަހައްޓަނީ؟ މިވަގުތު ކޮންޑިޝަނަލް ގޯތިތަކެއް ދޭއިރު ރަށުން ބޭރުމީހުންނަށް 66 ގޯތި ދޭން ތިނިންމީ ގޯއްޗަށް އެދޭ ކޮންމެ މީހަކު ތިނަދޫ ދަފްތަރަށް ބަދަލުކޮށް ޖުލައި މަހު ރައީސް ތިނަދުއަަށް ވަޑައިގަންނަވަންވާއިރަށް ތިނަދޫގެ އާބާދީ 10000 އަރުވާ ތިނަދޫ ސިޓީއަކަށް ހަދާނަމޭ ހިތާއެވެ. ތިއީ ގޯތި ދޭންވެގެން ކުރާކަމެއް ނޫނެވެ. ތިއީ މަކަރުވެރި ރޭވުމެކެވެ.

ގުޅުންހުރި