1444 ފިޠްރު އީދުގެ މުނާސަބަތުގައި ދަ ސަދަން ސްޕޯޓްސް ކްލަބުގެ ފަރާތުން އައްޑުސިޓީގައި ބާއްވާ އަންހެން ވޮލީބޯޅަ މުބާރާތް ފަށައިފިއެވެ.
2023 އެޕްރިލް 21 އިން 29 އެޕްރިލް އަށް ކުރިއަށްދާ މިމުބާރާތުގައި އަންހެން 4 ޓީމު ބައިވެރިވެފައި ވެއެވެ. އެއީ މަރަދޫފޭދޫ އިން އައިލެންޑް ވޮއިސް އޮފް ޔޫތު (އައިވީ) ، މީދޫ ވޮލީ ޓީމްގެ އިތުރުން ފޭދޫ ދެޓީމެއް ކަމުގައިވާ ޓީމް ވޯރިއަރސް އަދި ޓީމް ޕުޝްޕާއެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ހަތްހާސްރުފިޔާ އަދި ރަނަރަޕް ޓީމަށް ތިންހާސް ރުފިޔާގެ އިނާމެއް ހުށަހެޅިފައިވެއެވެ.
ފޭދޫގެ ވޮލީކޯޓުގައި ކުރިއަށްދާ މިމުބާރާތުގައި އިއްޔެ ކުޅެވުނު ފުރަތަމަ މެޗުގައި ކުޅެފައިވަނީ މީދޫ ވޮލީ ޓީމާއި ފޭދޫ ޓީމް ޕުޝްޕާ އެވެ. މި މެޗް، 3 ސެޓު 2 ސެޓުން ކާމިޔާބު ކުރީ މީދޫ ވޮލީ ޓީމެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މީދޫ ވޮލީ ޓީމްގެ ޖާރޒީ ނަންބަރ 10، އާމިނަތު ނަވާއިމް އެވެ.

މީދޫ ވޮލީ ޓީމް ، ފޮޓޯ: ސަދަން ސްޕޯޓްސް ކްލަބު
2022 ވަނަ އަހަރު އައްޑޫ ތިން ކަނބަލަކު އުފެއްދި ދަ ސަދަން ސްޕޯޓްސް ކުލަބުން އަލަށް އިންތިޒާމްކޮށް ކުރިއަށް ގެންދާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އިކުއެޓީރިއަލް ޑައިވާރސް ލޮޖް އެވެ. ކޯ ސްޕޮންސަރުންނަކީ، ކިންގް ސްޕޯޓްސް ،މާލެ ސިޓީ މޭޔަރ ޑރ މުއިއްޒު، ގޭން ކޮމިއުނިޓީ ސެންޓަރ، އައްޑޫ ސިޓީ ކައުންސިލް، އެލިއާ އިންވެސްޓްމެންޓްސް، ހެޕީ މާރކެޓް، ސިޓީ އިންވެސްޓްމެންޓްސް، ފައިސް މާރޓް، ހައިޑްރޯކްލީން ކޮންޓްރޯލް ޕީ، ސިޓީ ފިއުލް، ލިޓަސް އަދި ޓީލޮޖް އެވެ.

ފޭދޫ ޓީމް ޕުޝްޕާ ، ފޮޓޯ: ސަދަން ސްޕޯޓްސް ކްލަބު
މިރޭ ކުޅޭ ދެވަނަ މެޗްގައި ބައްދަލު ކުރާނީ މަރަދޫފޭދޫ އައިލެންޑް ވޮއިސް އޮފް ޔޫތު (އައިވީ) ޓީމް ވޯރިއަރސް އެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.