އައްޑުސިޓީގައި ސަދަން ސްޕޯޓްސް ކްލަބުން އިންތިޒާމްކޮށް ބާއްވާ އަންހެން ވޮލީބޯޅަ މުބާރާތުގެ ދެވަނަ މެޗް އައިލެންޑް ވޮއިސް އޮފް ޔޫތު (އައިވީ) ކާމިޔާބު ކޮށްފިއެވެ.
އިއްޔެ ރޭ ކުޅުނު މިމެޗުން ޓީމް ވޯރިއަރސް އާއި ކުޅެ، މަރަދޫފޭދޫއަށް ނިސްބަތްވާ ޓީމް އައިވީ އިން ކާމިޔާބު ކުރީ 3 ސެޓު 1 ސެޓުންނެވެ. ފުރަތަމް ސެޓް އައިވީއިން ކާމިޔާބު ކުރީ 25-13 ނަތީޖާ އަކުންނެވެ. ދެވަނަ ސެޓް 24-26 އިން ޓީމް ވޯރިއަރސް ގެންދިޔަނަމަވެސް، ތިންވަނަ ސެޓް ޓީމް އައިވީ އިން ފަސޭހަކަމާއެކު 25-09 ނަތީޖާއަކުން ގެންދިޔަ އެވެ. އަދި ހަތަރުވަނަ ސެޓުވެސް 25-21ގެ ނަތީޖާއަކާ އެކު ޓީމް އައިވީ އިން ކާމިޔާބު ކުރިއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.