އައްޑޫސިޓީގައި ކުރިއަށްދާ ސަދަން ސްޕޯޓްސް އަންހެން ވޮލީބޯޅަ މުބާރާތުގެ ލީގު ސްޓޭޖުގެ ފަހު މެޗުން މޮޅުވެ އައިވީވައި ފައިނަލަށް ގޮއްސިއެވެ.
ރޭ ޓީމް ޕުޝްޕާއާއި ދެކޮޅަށް ކުޅުނު މިމެޗު ޓީމް އައިވީވައި އިން ކާމިޔާބު ކުރީ 1-3 ސެޓުންނެވެ. މި ނަތީޖާ އާއި އެކު ޓީމް އައިވީވައި ވަނީ 9 ޕޮއިންޓް ހޯދާ ލީގު ސްޓޭޖްގެ އެއްވަނަ ރޭންކު ހޯދާފައެވެ.
ޓީމް އައިވީވައި ފައިނަލުގެ ފުރަތަމަ ޖާގަ ކާމިޔާބުކޮށްފައިވަނީ ލީގު ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ޓީމް ޕުޝްޕާ ލީގު ސްޓޭޖުގެ އެއްވެސް މެޗެއް ކާމިޔާބުނުވެ މި ވަނީ މުބާރާތުން އަލްވަދާއު ކިޔާފައެވެ.
މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އައިވީވައިގެ ޖާރޒީ ނަންބަރ 8، ފާޠިމަތު ނާހިދާ އެވެ.
މިރޭ 08:30 ގައި ފޭދޫ ވޮލީ ކޯޓުގައި ކުޅޭ، ލީގު ސްޓޭޖުގެ ފަހު މެޗުގައި ބައްދަލު ކުރާނީ ޓީމް ވޯރިއަރސް އާއި މީދޫ ވޮލީ ޓީމް އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.