ސަދަން ސްޕޯޓްސް އަންހެން ވޮލީބޯޅަ މުބާރާތުގެ ލީގު ސްޓޭޖުގެ ދެވަނަ އަދި ތިންވަނަ ކާމިޔާބުކޮށް މީދޫ ވޮލީ ޓީމާއި ޓީމް ވޯރިއަރސް ސެމީ ފައިނަލަށް ދަތުރުކޮއްފިއެވެ.
ރޭ މިދެ ޓީމް ބައްދަލުކުރި މެޗުން މީދޫ ވޮލީ ޓީމް މޮޅުވެފައިވަނީ 2-3 ސެޓުންނެވެ. ފުރަތަމަ ދެ ސެޓް ޓީމް ވޯރިއަރސް އިން ކާމިޔާބުކޮއްފައި ވަނިކޮށް ފަހަތުން އަރާ ފަހު ތިން ސެޓު ނަގާ މީދޫ ވޮލީ ޓީމް އިން މެޗު ކާމިޔާބު ކުރިއެވެ.
މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މީދޫ ވޮލީ ޓީމްގެ ޖާރޒީ ނަންބަރ 10، އާމިނަތު ނަވާއިމް އެވެ.
ސަދަން ސްޕޯޓްސް އަންހެން ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމާ ފައިނަލްގައި ވާދަ ކުރާނީ، މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކާމިޔާބުކޮށްފައިވާ މަރަދޫފޭދޫ ޓީމް އައިވީވައި އިންނެވެ. ޓީމް އައިވީވައި އިން ފައިނަލް ޖާގަ ހޯދާފައިވަނީ ލީގު ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.
މިރޭ ކުޅުމަށް ހަމަޖެހިފައިވާ ސެމީ މެޗު އޮންނާނީ ރޭގަނޑު 08:30 ގައި ފޭދޫ ވޮލީ ކޯޓުގައި އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.