އައްޑޫސީޓީގައި ކުރިއަށްދާ ސަދަން ސްޕޯޓްސް އަންހެން ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލު މެޗުގައި މީދޫ ވޮލީ ޓީމް އަތުން މޮޅުވެ ޓީމް ވޯރިއަރސް ފައިނަލަށް ދަތުރުކޮއްފިއެވެ.

ފޭދޫ ވޮލީ ކޯޓުގައި ރޭ ކުޅުނު މިމެޗު ޓީމް ވޯރިއަރސް އިން ކާމިޔާބު ކޮށްފައިވަނީ 2-3 ސެޓުންނެވެ. 

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ވޯރިއަރސްގެ ޖާރޒީ ނަންބަރ 7، ފާތިމަތު ނުސްރާ އެވެ.

ސަދަން ސްޕޯޓްސް އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ޓީމް ވޯރިއަރސް ބައްދަލު ކުރާނީ، މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކާމިޔާބުކޮށްފައިވާ މަރަދޫފޭދޫ ޓީމް އައިވީވައި އާ އެވެ. ޓީމް އައިވީވައި އިން ފައިނަލް ޖާގަ ހޯދާފައިވަނީ ލީގު ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

މި މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 08:30 ގައި ފޭދޫ ވޮލީ ކޯޓުގައި އެވެ.