މަސްވެރިކަމަށް ނުކުމެ އުޅުނު "އޯޝަން ލައިފް" ނަމަކަށް ކިޔާ މަސް ދޯނީގައި ހުރި ފަޅުވެރިޔެއްގެ ލޮލަށް ބުޅިއެއް ހެރިގެން ޑރ އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުނގައި ފަރުވާ ދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ގދ ތިނަދޫއާ 31 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަމުންދަނިކޮށް، ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރި އަވަސް ފަރުވާބޭނުންވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 09:55 އެހާކަންހާއިރު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

https://twitter.com/mndf_official/status/1652268565914062849?s=46&t=YOMcM7x-FnT57_2QqFS_kQ

އެމްއެންޑީއެފްގެ ހާބަރ ކްރާފްޓްގައި ބަލިމީހާ މިއަދު 11:45 އެހާކަންހާއިރު ގދ ތިނަދޫ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ