ޗާގޯސް ނުވަތަ ފޯޅަވައްސާ ދިމާލަށް 90 މޭލު ބޭރަށް ނިކުތް ހުވަދޫ މަސްދޯންޏަކަށް މަނަވަރަކުން އިންޒާރު ދީފިއެވެ.
"މަސްވެރިން އޮންލައިން" އިން މިއަދު ހެނދުނު އެ ނޫހުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ސ. މަރަދޫ "ރަހާ" ދޯނި އަދި "މިރާ" ދޯނި، އައްޑޫސިޓީ ގަމާ ދިމާގައި މަސްކަނޑުގައި އޮންނަ ބޮޔާއި ދިމާލަށް އިރުދެކުނަށް 140 މޭލަށް މަސްވެރިކަން ކުރުމުމަށް ގޮސްފައެވެ.
https://twitter.com/masverinonline/status/1652513161055195138?s=46&t=YOMcM7x-FnT57_2QqFS_kQ
އަދި ހުވަދު އަތޮޅުގެ ބައެއް މަސްވެރިން ސީދާ ޗާގޯސްއާ ދިމާލަށް 90 މޭލަށް ދިޔަކަމަށް މަސްވެރިން މައުލޫމާތު ދީފައި ވާކަމަށާ ނަމަވެސް 90 މޭލަށް ނުކުތް މަސްދޯންޏަކަށް އެ ސަރަހައްދުގައި އޮތް މަނަވަރަކުން އެނބުރި ދިއުމަށް އަންގާފައި ވާކަމަށް މަސްވެރިން ބުނެފައި ވާކަމަށް އެ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.

ފޮޓޯ: މަސްވެރިން އޮންލައިން
ރާއްޖެއާ އެންމެ 600 ކިލޯމީޓަރު ދުރުގައި އޮތް ފޯޅަވަހި ނުވަތަ ޗާގޯސްގެ މައްޗަށް އެތަނާ 2100 ކިލޯމީޓަރު ދުރުގައި އޮތް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުޙައްމަދު ޞާލިޙް ދެއްވި ސިޓީއެއް ހެކީގެ ގޮތުގައި ބޭނުންކޮށްގެން ބައިނަލްްއަޤްވާމީ ކޯޓަކުން ވަނީ ރާއްޖޭގެ ސަރަޙައްދުން ބައެއް މޮރިޝަސްއަށް ލިބޭގޮތަށް ޙުކުމެއްކޮށްފައެވެ.
މި މައްސަލައިގައި މޮރިޝަސް އިން އިޓްލޮސްއަށް ހުށައެޅީ ޗާގޯސްއާ ރާއްޖޭއާ ފުށުއަރާ 95،600 އަކަ ކިލޯމީޓަރު ދެ ބަޔަށް ބަހާލުމަށެވެ. އެއީ ރާއްޖެއަށް 47،172 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 48،458 އަކަ ކިލޯމީޓަރު ލިބޭ ގޮތަށެވެ.
ޚިޔާލު (3)
ޓިޔަ ފެންނަން ފެށީ އެހާ ަވަހަށް މަސވެރިންނަށް މިސަރުކާރުން މޮޅޮކޮށް ނިންމާލި ކަންކަމުގެ ނަރީޖާ ކިހާމޮޅެއްތޯ މިއޮތީ ލިބިފަ ސާބަސް އަތްޖަހާ
މޮޅެތި ވާހަކަތައް ހަދާ ބޮޑެތި ކަރާތަށް ފަޅަންފެށީ
ކޮބާ ތިޔަ މަނަވަރުގެ ފޮޓޯ؟ އިންޒާރު ދިނީމާ ބިރުން ފޮޓޯގަނޑެއްވެސް ނަގަން ނުކެރުނުދޯ! މޮޔަ ވާހަކަ ދެއްކީމާ ގަބޫލުކުރާނީ މިޒަމާނުގައި ކާކު؟