ހދ. ނޮޅިވަރަމް ސްކޫލްގައި އިސްލާމް މާއްދާ ކިޔަވައިދޭ ޓީޗަރަކު ޑުރަގާ އެކު ހައްޔަރުކޮށްފިއެވެ.

ޓީޗަރ ނާއިޒް އިބްރާހިމް ހައްޔަރުކުރީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ހދ ކުޅުދުއްފުށިން ރަށަށް އައި ތަނުން ނޮޅިވަރަމް  ބަނދަރު މަތިން ކަމަށެވެ.

މީޑިއާ ތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، ނާއިޒްއާ ޑުރަގާ ގުޅުމެއް އޮންނަ ކަމަށް ތުހުމަތުކޮށް އަބަދުވެސް ރަށު ތެރޭގައި ވާހަކަ ދައްކާ ކަމަށާއި ނަމަވެސް އެފަދަ މައްސަލައެއްގައި މީގެ ކުރީން އޭނާ ހައްޔަރުކޮށްފައިވާ ކަމެއް އެނގިފައި ނުވެއެވެ. 

ނޮޅިވަރަމް ސްކޫލްގައި އިސްލާމް މާއްދާ ކިޔަވައިދޭ ޓީޗަރު އެސްކޫލުގައި ކިޔަވައިދޭތާ މިހާރު 10 ވަރަކަށް އަހަރު ވެދާނެއެވެ.