1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތިނަދޫ ސްކޫލް ދަރިވަރުން 18 މުވައްސަސާއަކަށް ތަޖުރިބާގެ ތަފާތު ޒިޔާރަތެއް

photo1683022829
ތިނަދޫ ސްކޫލްގެ ދަރިވަރުން މިއަދު ކުރި ތަޖުރިބާގެ ޒިޔާރަތުގެ ތެރެއިން , ފޮޓޯ:ތިނަދޫ ސްކޫލް
މުހައްމަދު އަޚްތަރު
789ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތިނަދޫ ސްކޫލް ދަރިވަރުން ގދ ތިނަދޫ ގެ 18 މުވައްސަސާ އަކަށް ތަޖުރިބާގެ ތަފާތު ޒިޔާރަތެއް ކޮށްފި އެވެ.

ތިނަދޫ ސްކޫލް ގެ ކީ ސްޓޭޓް 2 ގެ 175 ދަރިވަރުން 18 ގުރޫޕަކަށް ބަހާލައިގެން މިއަދު ހެނދުނު ކުރިޔަށް ގެންދިޔަ މި ޒިޔާރަތާ ގުޅޭ ގޮތުން "ހުވަދޫ" މީޑިއާއަށް މައުލޫމާތު ދެއްވަމުން ތިނަދޫ ސްކޫލް ގެ ޕްރިންސިޕަލް ޝަޒިއްޔާ އަހްމަދު ވިދާޅުވީ މިއަދު ދަރިވަރުން ކުރި ތަޖުރިބާ އަކީ ދަރިވަރުންނަށް ވަރަށް ތަފާތު ކަމެއް ކަމަށާއި މުޖުތަމަޢުގައި ދައުލަތެއް ހިނގުމަށާއި ރަށެއްގެ އުމުރާނީ ،އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ކުރަމުންދާ މަސައްކަތް އަމިއްލައަށް ޢަމަލީ ގޮތުން ބައިވެރިވެ އެ މަސައްކަތްތެރިންގެ ނުވަތަ މުވައްޒަފުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކުރުމަށް ލިބުނު ފުރުޞަތެއް ކަމަށެވެ.

photo1683022829ތިނަދޫ ސްކޫލްގެ ދަރިވަރުން މިއަދު ކުރި ތަޖުރިބާގެ ޒިޔާރަތުގެ ތެރެއިން , ފޮޓޯ:ތިނަދޫ ސްކޫލް

300 × 250

އިތުރަށް މައުލޫމާތު ހިއްސާ ކުރައްވަމުން ޕްރިންސިޕަލް ޝަޒިއްޔާ ވިދާޅުވީ ތިނަދޫ ސްކޫލްގެ ދަރިވަރުން މިއަދު ކުރި ޒިޔާރަތުގައި ކޮންމެ އިދާރާ އަކަށް, މަސައްކަތުގެ މާހައުލުގައި 'ފެނާ ގަހުގެ މުހިންމު ކަން' އަންގައިދޭ މައުލޫމާތު އެކުލެވޭ ހަދިޔާ އެއް ދެވުނު ކަމށާއި އެގޮތުން 18 އިދާރާ އަށް ފެނުގައި އިންދާފައިވާ 18 ގަސް ވަނީ ދީފައި ކަމަށް އޭނާ ވިދާޅުވިއެވެ.

photo1683022722ތިނަދޫ ސްކޫލްގެ ދަރިވަރުން ތިނަދޫ ސްޓޭޑިއަމް ގައި އެތަނުގައި ހިގަމުންދާ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެ ތަޖުރިބާ ކުރަނީ. ފޮޓޯ: ތިނަދޫ ސްޓޭޑިއަމް

ޕްރިންސިޕަލް ވިދާޅުވީ މިއަދު ދަރިވަރުން ޒިޔާރަތް ކުރި ހުރިހާ ތަނަކުންވެސް ދަރިވަރުންނަށް އެ ވަޤުފު ޚާއްޞަ ކޮށް ވަރަށް ގިނަ މައުލޫމާތާއި ޢަމަލީ ތަޖުރިބާ ދިން ކަމަށާއި އެފަދަ ދުވަހެއް ފާހަގަކޮށް އެތަންތަން ހިނގާނުހިނގާ ގޮތް ބެލުމަށް ޒިޔާރަތެއް ކުރީތީ އެކަމުގެ އަގު ވަޒަންކޮށް އެފަރާތަކަށް ވެސް ތަފާތު ހަދިޔާ ތައް ދިން ކަމަށެވެ. އަދި އެ ހުރިހާ އިދާރާ ތަކުން ދިން އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ވެސް ޕްރިންސިޕަލް ޝަޒިއްޔާ ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި