ގދ ތިނަދޫ ގދ ހޯނޑެއްދޫ ގދ މަޑަވެލި ، މާލެ އަދި ސްރީލަންކާގައި ޝޫޓްކޮށްފައިވާ ދިވެހި ލޯބި ވެވިއްޖެ ފިލްމް ގެ ޕްރިމިއާ ކުލަގަދަ ކޮށް އޮލިމްޕަހުގައި ބާއްވައިފިއެވެ.
ފިލްމު ޕްރިމިއާ ކުރުމުގެ ކުރީން ފިލްމުގެ ބައެއް ތަރީންނާއި ފިލްމީ ތަރީން ބައިވެރިވި ރެޑްކާޕެޓް އިވެންޓްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ލޯބިވެވިއްޖެ ޕްރިމިއާ ކުރުމުގެ ހަފުލާގެ ތެރެއިން-- ފޮޓޯ: ލޯބިވެވިއްޖެ ފޭސްބުކް ޕޭޖް
އަލީ ސީޒަން އާއި މަރިޔަމް އައްޒަ އަދި އަހްމަދު ނިމާލްގެ އިތުރުން އައިމިނަތު ރިޝްފާ އާއި އަހްމަދު އީސާ (އާނަންދު) މުހިންމު ރޯލްތަކުން ފެނިގެންދާ މި ފިލްމަކީ ލޯބީގެ ވަރަށް ތަފާތު ފިލްމެކެވެ. މި ތަރީންގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) އާއި އަބްދުﷲ ޝާފިއު (ފުބޫ) ގެ އިތުރުން ގދ ތިނަދޫ ގެ ބައެއް ފަންނާނުންނާު މި ފިލްމުން ފެނިގެން ދެއެވެ.

ލޯބިވެވިއްޖެ ޕްރިމިއާ ކުރުމުގެ ހަފުލާގެ ތެރެއިން-- ފޮޓޯ: ލޯބިވެވިއްޖެ ފޭސްބުކް ޕޭޖް
ކުޅަދާނަ އެކްޓަރު / ޑައިރެކްޓަރު އަލީ ސީޒަންގެ ޕްރަޑަކްޝަން ހައުސް "އެސް ޕްރޮޑަކްޝަންސް" އާއި ޝާނީޒް އަލީގެ "ސެޓާން ސްޓޫޑިއޯ" އިން އުފެއްދި “ލޯބިވެވިއްޖެ” ފިލްމު މިރޭ ގދ ތިނަދޫ ،އައްޑޫ އަދި ކުޅުދުއްފުށީގައި މިރޭ އަޅުވާނެއެވެ.
ހޮޓްލައިން ނަމްބަރުތައް:
މާލެ ސިޓީ: 7458800
އައްޑޫސިޓީ: 7741141
ތިނަދޫ: 7486545
ކުޅުދުއްފުށި ސިޓީ: 9972007
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.