އެސްޓީއޯ ގެ ކާޑު ބޯޓު މިއަދު ހަވީރު ތިނަދޫއަށް އަންނާނެ ކަމަށާއި  މާދަމާ އިން ފެށިގެން ކާޑު ގަންނަން ލިބޭނެ ކަމަށް ޑީއެމްއެން އިން ބުނެފިއެވެ.

އެސްޓީއޯގެ ކާޑު އެޖެންޓް ގެ ގޮތުގައި ތިނަދޫ ގައި މަސައްކަތް ކުރާ ޑީއެމްއެން އިން ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެމުން މިއަދު ބުނީ  ތިނަދޫއިން ކާޑުގެ ބާވަތްތަށް ހުސްވެ ކާޑުގެ ސްޓޮކެއް ރަށަށް ރަށަށް ނުގެންދެވިފައިވަނީ މިދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވެ ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަށެވެ.

ތިނަދޫއަށް އެސްޓީއޯ ގެކާޑުގެ ބާވަތްތަށް ވިއްކާ ޑީއެމްއެންއިން ބުނީ އެމީހުންގެ އަތުގައި ހަކުރު އެބަހުރި ކަމަށާއި 4 ދުވަސް ވަންދެން ހުސްވެފައި ވަނީ ހަނޑުލާއި ފުށް ކަމަށެވެ. 

 އެސްޓީއޯގެ އޮފިޝަލަކު 'ދައުރު އަށް ދައުރު ނޫހަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވަނީ ކާޑުގެ ބާވަތްތަކުގެ ތެރެއިން ތިނަދޫއިން ހުސްވެފައިވާކަމަށް އެ ކުންފުންޏަށް މައުލޫމާތު ލިބިފައިވަނީ ހަނޑޫ އެކަނި ކަމަށެވެ. އަދި ހަނޑޫ ސަޕްލައިކުރުން ލަސްވެގެން އުޅެނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ވެސް ދައުރު ގައި އެސްޓީއޯ އާއި ޙަވާލާދީ ބުނެފައި ވެއެވެ. 

ކާޑު ހިފައިގެން ދަތުރުކުރަނިކޮށް މޫސުން ގޯސްވުމުގެ ސަބަބުން މަޑުކުރަން ޖެހުނު އެސްޓީއޯ ބޯޓު މިއަދު ހަވީރު 6 ޖަހާލާހާއިރު  ތިނަދުއަށް ފޯރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.