ކެންސަރު ބަލި ތަހައްމަލު ކުރަމުންދާ ބަލި މީހުންނަށް ކީމޯތެރަޕީ ދިނުމަށް ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ގައި ކީމޯތެރަފީގެ ޚިދުމަތް ދޭން ފަށައިފިއެވެ.
ގދ ތިނަދޫ ގައި ހުންނަ ސަރުކާރުގެ ސަރަހައްދީ މައި ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ މިއަދު އެ ހޮސްޕިޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހޮސްޕިޓަލުގެ ޑެޕިއުޓީ ސީ އީ އޯ އަބްދުލް އަޒީޒް ރިފާއުއެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޮސްޕިޓަލުގެ ޑެޕިއުޓީ ސީ އީ އޯ އަބްދުލް އަޒީޒް ރިފާއު ވިދާޅުވީ މިއަދު އިފްތިތާހު ކުރެވުނު ކީމޯތެރަޕީ ހިދުމަތަކީ ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރަށް ތަރައްގީ ކޮށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއަށް އިތުރު ކުރެވުނު ބޮޅެއް ކަމަށެވެ.
https://twitter.com/drasmhospital/status/1655175654743351296?s=20
ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހުވަދޫ މީޑިއާ އާއި ހިއްސާ ކޮއްފައިވާ މައުލޫމާތު ގައި ބުނެފައި ވަނީ, ރާއްޖޭގައި ކެންސަރު ބަލީ ޖެހޭ މީހުންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް އިތުރު ވަމުން އަންނަ އިރު ހުވަދު އަތޮޅުގައި މިފަރުވާ ހޯދުމަށް އާއިލާތަކުން ކުރާ ހޭދަ އަދި ވަގުތުގެ އިތުރުން އުފުލަން ޖެހޭ ތަކުލީފުތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.