1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކުޑަކުދިންގެ ދުވަސް ޤައުމީ ފެންވަރުގައި ގެމަނަފުށީގައި ފާހަގަ ކުރަނީ

photo1683542541
މުހައްމަދު ޝިޔާމް
1,150ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މޯލްޑިވްސް ޕޮލިސް ސާވިސްއާއި، ޔުނިސެފް މޯލްޑިވްސްއާއި، އެޑިޔުކޭޝަން މިނިސްޓްރީއާއި، ޝީއާއި، ޓައިނީ ހާޓްސްއާއި، ގެމަނަފުށީގެ މުވައްސަސާތައް ގުޅިގެން ކުޑަކުދިންގެ ދުވަސް ގއ. ގެމަނަފުށީގައި ފާހަގަ ކުރުމުގެ ތައްޔާރީތައް ވަމުން އެބަދެއެވެ.

ޔުނިސެފާއި، ދައުލަތުގެ ވެސް ގިނަ ޢިއްޒަތްތަރީން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ މި ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12، 13 މި ދެ ދުވަހުގައެވެ. ކުޑަކުދީންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ފުރަތަމަ ޙަރަކާތް 7 މެއި 2023 ވީ އާދީއްތަ ދުވަހުގެ ރޭ ވަނީ ގެމަނަފުށީ ސްކޫލް ހޯލުގައި ބޭއްވިފައެވެ. ބެލެނިވެރިންނަށް މަޢުލޫމާތު ދެއްވީ އެ ހަރަކާތަކީ، ރަނގަޅު ބެލެނިވެރިއެއްގެ ސިފަތަކާއި ދަރިން ތަރުބިއްޔަތު ކުރާނެ ފަހި ގޮތްތަކާ ބެހޭ ގޮތުންނެވެ. ދަރިވަރުންނަށް މަޢުލޫމާތު ދެއްވީ ދަރިވަރުންގެ އަޚްލާޤާއި، ކާމިޔާބު ދަރިވަރަކަށް ވާން ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުންނެވެ.

photo1683544255

300 × 250

"ގއ އަތޮޅު ހުރިހާ ރަށެއްގައި ހޭލުންތެރި ކުރުމުގެ މި ޕްރޮގްރާމް ޖެއްސޭނެ. ރޭގައި ގެމަނަފުށީގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ޖެއްސުމަށްފަހު މިއަދު ވާނީ ކަނޑުހުޅުދޫ، ކޮނޑޭ އަދި ދާންދޫގައި މި ޕްރޮގްރާމް ޖައްސާފައި. މިރޭ ނިލަންދޫގައި ޖެއްސުމަށްފަހު، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭ ގއ. އަތޮޅުގެ އެހެން ރަށްރަށުގައި ޖެއްސޭނެ" ހުވަދޫ މީޑިއާ މަޢުލޫމާތު ދެއްވަމުން ގއ. އަތޮޅު ކޮމާންޑަރ އިނިސްޕެކްޓަރ އޮފް ޕޮލިސް އާދަމް ޙަލީމް ވިދާޅުވިއެވެ.

photo1683543047

އާދަމް ޙަލީމް ވިދާޅުވީ މި ދުވަސް ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރޭގައި ގެމަނަފުށީ ސްކޫލުގައި މި މަހު 12 ވަނަ ދުވަހު ހެނދުނު ބޭއްވުމަށް ހަމަޖެހިފައިވާ އާރޓް އެގްޒެބިޝަނަކާއި، އެ ދުވަހު ހަވީރު ގެމަނަފުށީ ބަނދަރު ސްޓޭޖް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ހަވީރެއް އޮންނާނެ ކަމަށެވެ. އަދި މީގެ އިތުރުން މިމަހު 13 ވަނަ ދުވަހުގެ ހެނދުނު ބިލްބޯޑް ލޯޗިންގ ސެރަމަނީއެއް އޮންނާނެ ކަމަށާއި، އެ ދުވަހުގެ ހަވީރު 18 އަހަރުން ދަށުގެ ކުދީންނަށް އަމާޒުކޮށްގެން ކަލަރރަން އިވެންޓެއް ވެސް ބޭއްވޭނެ ކަމަށެވެ.

photo1683544255

" ކުޑަކުދީންގެ ދުވަސް"ގެމަނަފުށީގައި ވަރަށް ކުލަގަދަކޮށް ހިންގުމަށް ރޭވިފައިވާ ހަރަކާތުގައި ގެމަނަފުށީ ކައުންސިލާއި ގެމަނަފުށީ ސްކޫލާއި، ގެމަނަފުށީގެ ހުރިހާ މުއައްސަސާތަކާއި، ކުލަބު ޖަމްޢިއްޔާއާއި ޒުވާނުންގެ އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބޭ ކަމަށާއި، އެކަމަށްޓަކައި އެ ފަރާތްތަކަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާ ކަމަށް ވެސް އާދަމް ޙަލީމް ވިދާޅުވިއެވެ.

photo1683542990

"ގެމަނަފުށީގައި މިފަދަ ގިނަ ދުވަސްތަކެއް ސަރުކާރުން ފާހަގަ ކުރައްވާތީ ވަރަށް އުފާވޭ. މި ފަދަ ކޮންމެ ކަމަކަށް މި ރަށުގެ ރައްޔިތުން ފުރިހަމަ އެއްބާރުން ދޭނެ" ކުޑަކުދީންގެ ދުވަސް ގެމަނަފުށީގައި ބޭއްވުމާ ބެހޭ ގޮތުން ގެމަނަފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި