1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އައްޑޫ , ފުވައްމުލައް އަދި ތިނަދޫ އިން ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު!

3
ހުވަދޫ ނިއުސް ޓީމް
431ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދެކުނުގެ އަތޮޅުތަކުން ސިފައިންގެ ވަޒީފާއަށް މީހުން ހޯދަން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ސެޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީ ހިތަދޫ އާއި އައްޑޫ ސިޓީ ހުޅުދޫ އަދި ގދ ތިނަދޫގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

https://twitter.com/MNDF_Official/status/1655148200741974016?s=20

300 × 250

ފުވައްމުލަކާއި އައްޑޫ ސިޓީ ހިތަދޫގައި މައުލޫމާތު ދިނުމުގެ ސެޝަންތައް މިއަދު ހަވީރު 16:00 އިން 18:00 އަށް ކުރިޔަށް ދާނީ ފުވައްމުލައް ތައުލީމީ މަރުކަޒުގައެވެ. އަދި ހުޅުދޫ ފަޔަރ ސްޓޭޝަންގައި 09 މެއި 2023 ވަނަ ދުވަހު ހަވީރު 16:00 އިން 18:00 އަށް ވެސް މިފަދަ ސެޝަންތައް ބާއްވާނެއެވެ.
ގދ ތިނަދޫގައި ބާއްވާ ސެޝަން އޮންނާނީ އަންގާރަ ދުވަހު ހަވީރު 16:00 އިން 18:00 އަށް އަތޮޅު ތައުލީމީ މަރުކަޒުގައި ކަމަށާއި ހިތަދޫގައި ބާއްވާ ސެޝަން އޮންނާނީ މިއަދު ހަވީރު 16:00 އިން 18:00 އަށް ހިތަދޫ ހައި ސްކޫލްގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ސިފައިންގެ ވަޒީފާގެ ޝަރުތު:

ސިފައިންގެ ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައިވުމާއި ސީޖީއީ އޯ ލެވެލް ފެންވަރު ނުވަތަ ވޮކޭޝަނަލް ސެޓްފިކެޓް އޮތުމާއި 18 އަހަރާއި 25 އަހަރާއި ދެމެދު އުމުރުފުރައިގެ މީހަކަށް ވުން ހިމެނެއެވެ. އަދި ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރުމާއެކު ފާއިތުވި ފަސް އަހަރު ކުށުގެ ރެކޯޑެއް ނެތުން .
ސިޔާސީ ޕާޓީ މެންބަރަކަށް ނުވުމާއި އިސްކޮޅު (ފިރިހެން – ފަސް ފޫޓު ފަސް އިންޗި) – (އަންހެން – ފަސް ފޫޓު ތިން އިންޗި) ހުރުން.

ސިފައިންގެ ވަޒީފާއަށް އެދޭ ފޯމު ޑިފެންސް މިނިސްޓްރީގެ ވެބްސައިޓުންނާއި އެމްއެންޑީއެފްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމާއެކު ޕޮލިސް ރިޕޯޓް ހުށަހަޅަން ޖެހެއެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި