ހުވަދު އަތޮޅު އުތުރުބުރީ މާމެންދޫގެ ނަރުދަމާ އަޅަން މަގު ކޮނެކޮނެ ތިބޭތާ މިހާރު 5 ވަނަ އަހަރު ނިމެމުން ދާ ކަމަށް ރަށު ކައުންސިލް ރައީސް އަހުމަދު އަޒީޒް ވިދާޅުވެއްޖެއެވެ. "ހުވަދޫ " އަށް މައުލޫމާތު ދެއްވަމުން މާމެންދޫ ރައީސް އަހުމަދު އަޒީޒް މިއަދު ހެނދުނު ވިދާޅުވީ އެ ރަށުގައި ސަރުކާރުން ގާއިމުކުރާ ނަރުދަމާ ނިޒާމް ގެ މަސައްކަތަކީ މީގެ 6 އަހަރު ކުރިން, ރައީސް ޔާމީންގެ ދައުރު ނިމެނިކޮށް ފެށި މަޝްރޫޢެއް ކަމަށާއި އެއިރުން ފެށިގެން މަސައްކަތް ކުރާ ޕްރޮޖެކްޓެއް ކަމުގައި ވިޔަސް އަދިވެސް ފެންނަނީ 20 އިންސައްތަ މަސައްކަތް ވެސް ނުނިމޭ ތަން ކަމަށެވެ. ރައީސް އަޙުމަދު ވިދާޅުވީ ކުރިން އެސްޖޭ ކިޔާ ކުންފުންޏަކުން މަސައްކަތް ފެށި ނަމަވެސް މިހާރު އެ މަސައްކަތް ކުރަނީ ޑުބްލެކްސް ކިޔާ ބައެއް ކަމަށާއި އެމީހުންގެ ހައެއްކަ މުވައްޒަފުން ދޭތެރެއަކުން ކޮންމެވެސް ތަނެއް ކޮނެ ކޮނެ ތިބޭ ތަން ފެންނަ ކަމަށެވެ.

"މިއީ ތަރައްޤީ ގެ ޕްރޮޖެކްޓް ކުރިއަށް ގެންދާ ގޮތެއް ނޫން. މިގޮތަށް މަސައްކަތް ދާނަމަ ދުވަހަކުވެސް މިކަން ނުނިމޭނެ. މިއީ ރައްޔިތުންނަށް ވާ އުނދަގުލެއް" ރައީސް އަޙުމަދު ވިދާޅުވިއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.