1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ޞަފާ ޢައްޔަން ކުރައްވައިފި

291276_abc819f0-b_
ޞަފާ ޝަފީޤު ބްރޯޑްކޮމްގެ މެމްބަރު ކަމަށް އައްޔަން ކުރުން - ފޮޓޯ: ރައީސް އޮފީސް
ހުވަދޫ ނިއުސް ޓީމް
397ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް، ދ. މީދޫ، ބިއްލޫރިވިލާ ޞަފާ ޝަފީޤު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ޢައްޔަންކުރައްވައިފިއެވެ. ޞަފާ ޝަފީޤު މި މަޤާމަށް ޢައްޔަންކުރައްވައި، މަޤާމުގެ ލިޔުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޞަފާ ޝަފީޤަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން، މާސްޓަރ އޮފް އާރޓްސް އިން ސޯޝަލް ޕޮލިސީ، އަދި ލިމްކޮކްވިންގް ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން މާސްޓަރ އޮފް ކޮމިއުނިކޭޝަން ހާސިލްކުރައްވާފައިވާ ބޭކަނބަލެކެވެ. ޞަފާ ވަނީ، 2006 ވަނަ އަހަރުން ފެށިގެން، ޓީވީއެމްގެ ޕްރޮގްރާމްތައް ހުށައަޅުއްވަން ފަށްޓަވައިފައެވެ. އެންމެ ފަހުން ހުންނެވީ، ޕަބްލިކް ސަރވިސް މީޑިއާގެ ޓީވީއެމްގެ ޕްރެޒެންޓަރުގެ މަޤާމުގައެވެ.

https://twitter.com/presidencymv/status/1655844338180694018?s=20

300 × 250

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ޞަފާ ޝަފީޤް ޢައްޔަންކުރައްވަން ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަޤާމު ހުސްވީ އެކޮމިޝަންގެ މެންބަރުކަމުގެ މަޤާމުގައި ހުންނެވި އަމްޖަދު އިބްރާހީމްގެ މެންބަރުކަމުގެ މުއްދަތު މާރިޗް 15 ދުވަހު ހަމަވުމާއި ގުޅިގެންނެވެ.

7 މެންބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކާސްޓިންގ ކޮމިޝަންގައި މިހާރު ތިއްބެވީ، އެކޮމިޝަންގެ ރައީސާ މަރްޔަމް ވަޙީދާ އާއި، ނާއިބު ރައީސް މުޙައްމަދު ފަޒީންގެ އިތުރުން ކޮމިޝަންގެ މެންބަރުން ކަމަށްވާ ޢަލީ ޔޫސުފާއި، އާމިނަތު އަމީނާއާއި، ޝިފްލާ އިބްރާހީމެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި