1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހުވަދުއަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށަން ތައްޔާރުވަނީ

289591805_139186092105119_5934121051534452934_n
ހުވަދޫ ނިއުސް ޓީމް
1,147ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުވަދުއަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން، ގއ/ގދ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ބައްދަލުކޮށް މަޝްވަރާތައް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ފަށްޓަވައިފިއެވެ. ހުވަދު އަތޮޅުގައި މީހުން ދިރިއުޅޭ 19 ރަށް އޮވެއެވެ. ސަރުކާރުން ވިދާޅުވީ ހުވަދު އަތޮޅުގައި އަންނަ ޖުލައި މަހު ކުރީކޮޅު އާރްޓީއެލް ފެރީގެ ޚިދުމަތް ފަށްޓަވާނެކަމަށެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ޚިދުމަތަކީ، ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތަށް ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދަވާ  މަޝްރޫޢުއެވެ. ދިވެހިރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، ހުވަދު އަތޮޅަށް ބޭނުންވާ ލޯންޗުތަކުގެ ތެރެއިން ފުރަތަމަ ލޯންޗާ ވަނީ އެމްޓީސީސީން ހަވާލުވެފައެވެ.

https://twitter.com/MoNPHImv/status/1655511483722403840?s=20

300 × 250

 

ހުވަދުއަތޮޅުގައި ޤައުމީ ފެރީގެ ނިޒާމްގެ ޚިދުމަތް ދޭނީ މައިގަނޑު 7 ރޫޓަކަށް ބަހާލައިގެންނެވެ. އޭގެތެރޭގައި ކޫއްޑޫ، ކާޑެއްދޫ އެއަރޕޯޓަށް ޚާއްޞަ ރޫޓު ހިމެނެއެވެ.

ފެރީގެ ޚިދުމަތް ފެށުމަށް ރަށްރަށުގެ ކައުންސިލާއި މުއައްސަސާތަކާއި ބައްދަލުކޮށް، ޚިދުމަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ މަސައްކަތް، ޕްލޭނިން މިނިސްޓްރީގެ ވަނީ ފަށްޓަވާފައެވެ. މިކަމުގައި ޕްލޭނިން މިނިސްޓްރީގެ އިތުރުން އެމްޓީސީސީންވެސް ބައިވެއެވެ.

މި ބައްދަލުވުންތަކުގައި ސަރަޙައްދުގެ ރޫޓްތައް ކަނޑައެޅިފައިވާގޮތާއި، ދަތުރުތައް ހަމަޖެއްސުމާއި، ޓަރމިނަލާއި، ފެރީ ސްޓޮޕްތަކުގެ މަސައްކަތް ކުރިއަށްދާނެގޮތުގެ މަޢުލޫމާތުތައް ދަނީ ޙިއްސާކުރަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި