އިސްރާއީލުން ޣައްޒާއަށް ދިން އެންމެ ފަހުގެ ހަމަލާތަކުގައި 12 މީހުން މަރުވެފައިވާ ކަމަށް އެ ސަރަހައްދުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ މި ހަމަލާތައް ދީފައިވަނީ ރޭ ދަންވަރު ކަމަށާއި މަރުވި 12 މީހުންގެ އިތުރުން 20 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
އިސްރާއީލުގެ ދިފާއީ ބާރު (އައިޑީއެފް) އިން ޣައްޒާގައި ހިންގަމުންދާ އޖަރީމާތަކާއެކު، ވަރަށް މަދުން ނޫނީ އިޒްރޭލުން ނުނެރޭ ބަޔާނެއް ނެރެ، އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރި ޖަމާއަތުގެ އިސް ތިން މީހަކު މަރާލާފައިވާ ކަމަށް ބުނެފައިވެ އެވެ. އޭގެ ތެރޭގައި ޣައްޒާގެ އުތުރުގައި ހުންނަ އެ ޖަމާއަތުގެ ގޮފީގެ ވެރިޔާ ޚަލީލް ބަހްތީނީ އާއި އެ ޖަމާއަތުގެ އަސްކަރީ ކައުންސިލްގެ ސެކްރެޓަރީ ޖާހަދު އަނަމް އަދި ހިފާފައިވާ ހުޅަނގު އައްސޭރީގައި ހަމަލާތައް ދޭން ރޭވި ކަމުގެ ތުހުމަތު ކުރެވޭ ތާރިކް އެޒް އަލްދީން ހިމެނެ އެވެ.
އިސްރާއީލުން ދޭ ހަމަލާތަކުގެ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސް ސިޓީ ކައިރީގައި ބޮޑު ބޮމެއް ގޮއްވާލާފައިވާ މަންޒަރު ފެނެއެވެ.
އައިޑީއެފްގެ އޮޕަރޭޝަން "ޝީލްޑް އެންޑް އެރޯ" ގެ ނަމުގައި ހިންގާ މިލިޓަރީ ހަރަކާތުގައި ޣައްޒާގައި ހުރި އިތުރު އަމާޒުތަކަށް ހަމަލާދެމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.