ޤައުމީ ފެންވަރުގައި ކުޑަކުދީންގެ ދުވަސް ގެމަނަފުށީގައި ފާހަގަ ކުރުމަށް މި މަހު 7 ވަނަ ދުވަހުން ފެށިގެން ހިންގާ ޙަރަކާތްތަކުގެ ތެރެއިން މިމަހުގެ 12 ވީ ހުކުރު ދުވަހުގެ ހަވީރު ގެމަނަފުށީ ބަނދަރު ސްޓޭޖް  ސަރަހައްދުގައި ބޭއްވި ކުޑަކުދީންގެ ހަވީރު ހުޅުއްވައި ދެއްވީ ފަސްޓްލޭޑީ ފަޒުނާއާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، ޔުނިސެފުގެ ރެޕްރެޒެންޓެޓޭޓިވް ޑރ. އެޑީއެވެ.

ގިނަ ޢަދަދެއްގެ ސްޓޯލްތައް ހުރި މި ކުޑަކުދީންގެ ހަވީރުގައި ކުޑަކުދީންނާ ގުޅޭ ތަފާތު އެތައް ކުޅިވަރުތަކާއި، ކުދީންގެ ހުނަރު ދައްކާލުމުގެ ތަފާތު އެތައް ކަމެއް ރޭވިފައިވެއެވެ. މެޖިޝަނެއްގެ ޖާދޫގެ ޝޯ ވެސް އޮތް މި ހަވީރުގައި ވޯޓަރ ސްލައިޑް ފަދަ ޝައުގު ކުރުވަނިވި އެތައް ސްޓޯލެއް ހުއްޓެވެ.650E4BBD-F323-4EAB-9BC2-3DBA1B79CCABސަރަހައްދުގައި ކުރިޔަށް ދިޔަ ކުޑަކުދީންގެ ހަވީރުގައި ފަސްޓްލޭޑީއާއެކު ފޮޓޯ ނެގުމާއި، ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤާއެކު ފޮޓޯ ނެގުން ވެސް އޮތެވެ. 

https://twitter.com/presidencymv/status/1657017859174985728?s=20

"އަޅުގަނޑުމެން މިތިބީ ވަރަށް އުފާވެފައި. ވަރަށް މޮޅު މެޖިކްތަކެއް ފެނިއްޖެ. ވޯޓަރ ސްލައިޑް ވަރަށް މަޖާ" ހަވީރުގައި ބައިވެރިވި ކުއްޖަކު ބުންޏެވެ. އަދި އެހެން ކުއްޖަކު ބުނީ ފަސްޓްލޭޑީއާއެކު ފޮޓޯ ނެގުމުންނާއި، ދަގަނޑޭއާ އެކު ފޮޓޯ ނެގުމުން ވަރަށް އުފާވެއްޖެކަމަށެވެ.B1B9B7FB-56AB-4756-AAEC-0FD37A74B7D5

ގެމަނަފުށީގައި ޤައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަ  ކުރަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި، ޔުނިސެފް މޯލްޑިވްސްއާއި، އެޑިޔުކޭޝަން މިނިސްޓްރީއާއި، ޝީއާއި، ޓައިނީ ހާޓްސްއާއި، ގެމަނަފުށީ ކައުންސިލާއި، ގެމަނަފުށީ ސްކޫލާއި، ގެމަނަފުށީ މުވައްސަސާތަކާއި، ގެމަނަފުށީގެ ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތައް ގުޅިގެންކަމަށް ގެމަނަފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު ވިދާޅުވިއެވެ.