1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގެމަނަފުށީގައި ކުޑަކުދީންގެ ދުވަސް: އާޓް އެގްޒެބިޝަނަށް ބޮޑު ތަރުޙީބެއް

1E22E6AB-3ECA-4D4B-932A-6503C9E54AF0
މުހައްމަދު ޝިޔާމް
281ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޤައުމީ ފެންވަރުގައި ކުޑަކުދީންގެ ދުވަސް ގެމަނަފުށީގައި ފާހަގަ ކުރުމަށް މި މަހު 7 ވަނަ ދުވަހުން ފެށިގެން ހިންގާ ޙަރަކާތްތަކުގެ ތެރެއިން އިއްޔެ ގެ ހެނދުނު 9:30 ގައި އޮތީ އާޓް އެގްޒެބިޝަން ހުޅުވުމެވެ. މި އެގްޒެބިޝަނުގައި ބެހެއްޓިފައިވާ ކުރެހުންތަކަކަކީ، ކުޑަކުދީންގެ ދުވަހާ ގުޅުވައިގެން މުޅި ރާއްޖެއަށް ހުޅުވާލެވުނު ކުޑަކުދީންގެ ކުރެހުމުގެ މުބާރާތުގެ ކުރެހުންތަކެވެ. މި އެގްޒެބިޝަނަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. 

ވަރަށް ގިނަ ޢަދަދެއްގެ ކުޑަކުދީންނާއި، ބޮޑެތި މީހުން ޒިޔާރަތް ކުރި މި އެގްޒެބިޝަން ހުޅުއްވައި ދެއްވީ، ސައުތު ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝަމީމާއި، ގެމަނަފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދެވެ. މޯލްޑިވްސް ޕޮލިސް ސާވިސްގެ އިސް ބައެއް ވެރިންނާއި، ޔުނިސެފާއި، ގެމަނަފުށީގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި މި ރަސްމިއްޔާތު ޝަރަފުކޮށް ދެއްވަމުން ސައުތު ރީޖަން ކޮމާންޑަރ އަޙްމަދު ޝަމީމް ދެއްކެވި ވާހަކައިގައި، ކުދީންގެ ކުރެހުންތަކުން ދައްކައިދެނީ އެކުދީންގެ އިޙްސާސްތައް ކަމަށާއި،  ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރި ކުރަންޖެހޭ ގޮތްތައް އެންމެންނަށް ވެސް އެނގޭ ކަމަށާއި، ނަމަވެސް ކުދިންގެ ރައްކާތެރިކަމަށް އެންމެ ރަނގަޅަށް އެންމެންނަށް މަސައްކަތް ނުކުރެވޭ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް އިލްތިމާސް ކުރައްވާ ކަމަށް ވިދާޅުވިއެވެ.

https://twitter.com/presidencymv/status/1657017859174985728?s=46&t=YOMcM7x-FnT57_2QqFS_kQ

300 × 250

މީގެ އިތުރުން އަޙްމަދު ޝަމީމް ވިދާޅުވީ ގެމަނަފުށްޓަކީ އަބަދުވެސް އެމަނިކުފާނަށް ޚާއްޞަ ރަށެއް ކަމަށާއި، ގެމަނަފުށްޓަކީ، އަމާންކަމާއި، ރައްކާތެރިކަމާއި، މެހްމާންދާރީގެ ވަރަށް ފުރިހަމަ ނަމޫނާ ރަށެއް ކަމަށާއި، އެކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރައްވާ ކަމަށެވެ. 

މި ރަސްމިއްޔާތު ތަޢާރަފުކޮށް އެރުވުމަށް ސަބްރީޖަން ކޮމާންޑަރ ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް ނާހިދު ހުސައިން ދެއްކެވި ވާހަކައިގައި ގެމަނަފުށީގައި ކުޑަކުދީންގެ ދުވަސް ފާހަގަ ކުރެވެމުން ދަނީ ޔުނިސެފުގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ކަމަށާއި، މިހާ ކާމިޔާބު ގޮތެއްގައި އިވެންޓްތައް ކުރިޔަށް މިދަނީ ގެމަނަފުށީ ކައުންސިލާއި، ގެމަނަފުށީ ސްކޫލާއި، ގެމަނަފުށީގެ އަންހެނުންގެ ކޮމެޓީއާއި، އެހެނިހެން މުވައްސަސާތަކާއި ކުލަބު ޖަމްޢިއްޔާތަކުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކު ކަމަށް ވިދާޅުވިއެވެ. ވުމާއެކު އެކަމަށްޓަކައި އެ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށް ވެސް ވިދާޅުވަމުން އަޅުގަނޑުމެން އެންމެންނަކީ ވެސް މިހާރަށްވުރެ ވެސް ބޮޑަށް ކުޑަކުދީންނާ އަޅާލާ ބަޔަކަށް ވުމަށް ރަސްމިއްޔާތުގެ އެންމެހައި ބައިވެރިންގެ ފަރާތުން އެދިވަޑައިގަތެވެ.  

ގެމަނަފުށީގައި ޤައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަ  ކުރަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި، ޔުނިސެފް މޯލްޑިވްސްއާއި، އެޑިޔުކޭޝަން މިނިސްޓްރީއާއި، ޝީއާއި، ޓައިނީ ހާޓްސްއާއި، ގެމަނަފުށީ ކައުންސިލާއި، ގެމަނަފުށީ ސްކޫލާއި، ގެމަނަފުށީ މުވައްސަސާތަކާއި، ގެމަނަފުށީގެ ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތައް ގުޅިގެންކަމަށް ގެމަނަފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި