ގދ ތިނަދޫގެ ގޮނޑުދޮށުން ބިދޭސީންތަކެއް ދޮންވެލި ނަގައިގެން ގެންދާތަން ފެންނަ ފޮޓޯ ތަކެއް ހުވަދޫ މީޑިއާ އަށް ލިބިއްޖެ އެވެ. ތިނަދޫ އުތުރު ފަރާތު ގޮނޑު ދޮށުން ދޮންވެލި ނަގައިގެން ޑިންގީ އަކަށް އަރުވަނިކޮށް ފެނިގެން "ހުވަދޫ" އަށް ފޮޓޯ ތަކާއެކު ހިއްސާ ކޮއްފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއް ގައެވެ. ރަށުގެ ގޮނޑުދޮށުން ދޮންވެލި ނަގަނިކޮށް ފެނުނު މީހާ ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ބޮޑު ޑިންގީ އަކަށް ދޮންވެލި ބަރު ކޮށްގެން ގެންދަން އުޅެނިކޮށް ފެނުނީ މިއަދު މެންދުރު 2 ޖެހި އިރު ކަމަށާއި ލަފާ ކުރެވޭ ގޮތުގައި އެ އުޅަނދައް 300 ވަރަކަށް ބަސްތާ އަރުއްވާފައި ވާނެ ކަމަށެވެ. އެމީހާ އިތުރަށް ބުނީ އެ ޑިންގީ ގައި ތިބީ ބިދޭސީން ކަމަށާއި އެމީހުން އެތަނުން ވެލި ނަގައިގެން މިސްރާބު ޖެހީ ތިނަދޫ ވެލި ބާލާ ޖެޓީއާ ދިމާލަށް ކަމަށެވެ.

ބިދޭސީން ތިނަދޫ ގޮނޑުދޮށުން މިއަދު މެންދުރު ދޮންވެލި ނަގަނީ މިކަމާ ގުޅިގެން ހުވާދޫ އިން ތިނަދޫ ކައުނަސިލްގެ ރައީސް ސަޢުދު އަލީ އާއި ސުވާލު ކުރުމުން ވިދާޅުވީ ރަށުގެ ގޮނޑުދޮށުން އެއްވެސް ޙާލެއްގައި ވެލި ނެގުމަކީ ކަނޑައެޅިގެން މަނާ ކަމެއް ކަމަށާއި ތިޔަފަދަ ކަމެއް ކުރި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.
"ރަށުގެ ފަޅުން ހުއްދަ ދެވިފައި އޮންނާނެ ވަކި ތަނެއް. އެނގިފައިވާ ގޮތުން މީހުން ވެލި ނަގަނީ އެތަނުން. އެއީ ރަށުގެ ގޮނޑުދޮށާ ވަރަށް ދުރު" ތިނަދޫ ރައީސް ސައުދު ޢަލީ ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ ތި މައްސަލަ ބަލާނެ ކަމަށާއި ތީ ކުރެވިގެންވާ ވާނެ ކަމެއް ނޫން ކަމަށެވެ. ތިނަދޫ ގެ ފަޅުން ނަގާ ދޮންވެލި ތިނަދޫ ގައި ވިޔަފާރި އުޞޫލުން ބޭނުން ކުރާއިރު ކޮންމެ ބަސްތާ އަކުން ރުފިޔާ އެއް ތިނަދޫ ކައުނަސިލަށް ދައްކަން ޖެހޭ ގޮތަށް ފުވައްމުލަކު ސިޓީ އަށް ގިނަ އަދަދެއްގެ ވެލި ވިއްކައެވެ. އަދި މި މަސައްކަތުގައި ދިވެހިންގެ އިތުރުން ބިދޭސީން ގިނަ އަދަދަކަށް އުޅޭކަން ފާހަގަ ވެއެވެ. އަދި މި ކަމަކީ ތިނަދޫ ކައުންސިލާއި ރަށުގައި ވެލި ނެގުމުގެ ވިޔަފާރި ކުރާ މީހުން ވަރަށް ބޮޑު އާމްދަނީ އެއް ހޯދާ ކަމެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.