ހެޕީމާކެޓްގެ ފަރާތުން ގދ ތިނަދޫގައި ބާއްވާ ޚާއްސަ ހަވީރެއް އަންނަ އަންގާރަ ދުވަހު އޮންނާނެއެވެ.

ހެޕީމާކެޓް ތިނަދޫ ފިހާރަ ކުރިމަތީގައި ކުރިޔަށް ގެންދާ މި ހަވީރުގައި ހެޕީމާކެޓް އިން ރާއްޖެ އެތެރެ ކޮށް މާކެޓް ކުރާ ބައެއް ބާވަތްތަކުގެ ރަހަ ދެއްކުމުގެ އިތުރުން އެތަނުގެ ބައެއް ޕްރީމިއަމް ޕްރޮޑަކްޓްގެ ސާމްޕަލް ބެހުމަށް ވަނީ ހަމަޖެހިފައެވެ.

photo1684080966
ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެމުން ހެޕީމާކެޓުން ބުނީ މި މަހުގެ 16 ވަނަ ދުވަހު ކުރިޔަށް ގެންދާ މި ހަވީރަކީ ހެޕީމާކެޓް ތިނަދޫ ފިހާރަ ރަސްމީކޮށް ހުޅުވުމާއި ގުޅިގެން ބާއްވާ ހަރަކާތެއް ކަމަށެވެ. ތިނަދޫ ގައި ބާއްވާ މި ހަވީރު ގައި ކުޑަކުދިން ގަޔާވާ ސްޓޭޖް ޕަރފޯމަރ ރޮބޯމޭން ގެ ހިތްގައިމު ހަރަކާތްތައް ފެނިގެން ދާނެއެވެ.

ހެޕީމާކެޓް ހަވީރު ގައި ބައިވެރިވުން ވަނީ ކުދި ބޮޑު އެންމެންނަށް ޢާއްމުކޮށް ހުޅުވާލާފައެވެ. ހަވީރު ކުރިޔަށް ދާނީ 16:00 ން 18:00 އަށެވެ.
ހެޕީމާކެޓް ތިނަދޫ ފިހާރަ އަކީ އެ ފިހާރަ ތިނަދޫގައި ހުޅުވުމާއެކު މުޅި ހުވަދު އަތޮޅުގެ މަޤުބޫލު ކަން ލިބިފައިވާ ތަނެކެވެ. ގދ ތިނަދޫ އަކީ ހުވަދު އަތޮޅުގެ ވިޔަފާރީގެ މައި ހަބެވެ.