ހެޕީމާކެޓްގެ ފަރާތުން ގދ ތިނަދޫގައި މިއަދު ބޭއްވި ޚާއްސަ ހަވީރު ވެގެން ދިޔައީ އެތައް ސަތޭކަ ބަޔަކު އުފަލުން ފޮޅުވާލަ ދިން ހިތްގައިމު ހަރަކާތްތަކަށެވެ.
ހެޕީމާކެޓް ތިނަދޫ ފިހާރަ ކުރިމަތީގައި ކުރިޔަށް ގެންދާ މި ހަވީރުގައި ހެޕީމާކެޓް އިން ރާއްޖެ އެތެރެ ކޮށް މާކެޓް ކުރާ ބައެއް ބާވަތްތަކުގެ ރަހަ ދެއްކުމުގެ އިތުރުން އެތަނުގެ ބައެއް ޕްރީމިއަމް ޕްރޮޑަކްޓް ތައް ހަދިޔާ ގެ ގޮތުގައި ބެހި އިރު އެތަނަށް ހާޒިރުވި ކުދި ބޮޑު އެންމެން ދިޔައީ އުފަލާ މަޖަލާ އެކު ބައިވެރިވެ އުފާ ފާޅު ކުރަމުންނެވެ. މި ހަވީރު ގައި ބައިވެރިވި މީހުންގެ ތެރެއިން ގިނަ ބަޔަކާ ހުވަދޫ ގެ ފަރާތުން ސުވާލު ކުރުމުން އެންމެ ވެސް ބުނީ އެއީ ވަރަށް ހިތްގައިމު ހަވީރަށް ކަމަށާއި ސްޓޭޖް ހަރަކާތްތައް އަދި ހަދިޔާ ތަކާއި ރަހަބެލުން ވެސް ކުރިޔަށް ދިޔައީ ވަރަށް ފޯރީގައި ކަމަށެވެ.
ހެޕީމާކެޓްގެ ގދ ތިނަދޫ ފިހާރަ ރަސްމީކޮށް ހުޅުވުމާއި ގުޅިގެން މިއަދު ހަވީރު ބޭއްވި ޚާއްސަ ހަވީރު. މި ހަވީރަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ. ފޮޓޯ ޖައިޝަމް
މި ހަވީރުގައި ރޮބޯމޭން އަށް ވަނީ އާދަޔާ ޚިލާފަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. މިއަދު ކުރިޔަށް ގެންދިޔަ ހަވީރަކީ ހެޕީމާކެޓް ތިނަދޫ ފިހާރަ ރަސްމީކޮށް ހުޅުވުމާއި ގުޅިގެން ބޭއްވި ހަރަކާތެކެވެ. ހެޕީމާކެޓްގެ ބޮޑު ހަވީރަށް މިއަދު ތިނަދޫ ގައި ބޭއްވި އިރު ރޭ ވަނީ ކުލަގަދަ ޙަފްލާއަކައެކު ހެޕީމާކެޓް ތިނަދޫ ޑިސްޓްރިބިއުޝަން ސެންޓަރ ރަސްމީކޮށް ހުޅުވާފައެވެ.
ހެޕީމާކެޓްގެ ގދ ތިނަދޫ ފިހާރަ ރަސްމީކޮށް ހުޅުވުމާއި ގުޅިގެން މިއަދު ހަވީރު ބޭއްވި ޚާއްސަ ހަވީރު. މި ހަވީރަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ. ފޮޓޯ ޖައިޝަމް
ހެޕީމާކެޓް ތިނަދޫ ފިހާރަ ކުރިމަތީގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ހެޕީމާކެޓް ފިހާރަ ހުޅުއްވައި ދެއްވީ އެ ރަސްމިއްޔާތުގައި ޚާއްސަ މެހެމާނުންނާގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވި ގދ އަތޮޅު ކައުންސިލް ގެ ރައީސް ޙަސަން ފައިހަތު ޤުދުރަތުﷲ އަދި ތިނަދޫ ކައުނަސިލްގެ ރައީސް ސަޢުދު އަލީ ގެ އިތުރުން ހެޕީމާކެޓް ސީއީއޯ އަލީ އިހުސާން އާއި ސީއޯއޯ އަބްދުﷲ ނައީމް އެވެ.
ހެޕީމާކެޓްގެ ގދ ތިނަދޫ ފިހާރަ ރަސްމީކޮށް ހުޅުވުމާއި ގުޅިގެން މިއަދު ހަވީރު ބޭއްވި ޚާއްސަ ހަވީރު. މި ހަވީރަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ. ފޮޓޯ ޖައިޝަމް
ތިނަދޫ ގެ ވިޔަފާރި ވެރިންގެ އިތުރުން ސަރުކާރުގެ މުއައްސަސާ ތަކުގެ ވެރިން ބައިވެރިވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެޕީމާކެޓްގެ ސީއީއޯ ޢަލީ އިހުސާން ވިދާޅުވީ ތިނަދޫ ގައި ހެޕީމާކެޓް ގެ ޑިސްޓްރިބިއުޝަން ސެންޓަރެއް 2 މަސް ތެރޭގައި ޤާއިމް ކުރުމަކީ ހުވަފެނެއް ފަދަ ކަމެއް ކަމަށާއި ނަމަވެސް ހެޕީމާކެޓްގެ މެނޭޖްމަންޓް ގެ ޓީމް ކުރި ބުރަ މަސައްކަތުން އެކަން ޙަޤީގަތަކަށް ހެދި ކަމަށެވެ. އިހްސާން ވިދާޅުވީ ތިނަދޫ ގައި ވިޔަފާރި ފެށުމުގެ ކުރިން ރަށުގެ މުޢައްސަސާ ތަކުގެ ވެރިންނާއި ހުރިހާ ވިޔަފާރިވެރިނާ މަޝްވަރާ ކުރި ކަމަށާއި އޭރުވެސް އަދި މިހާރުވެސް އެ ފަރާތްތަކުގެ އެއްބާރުލުން ލިބެމުންދާކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މި ސަރަހައްދުގައި ހެޕީމާކެޓް ހޯލްސޭލް ޝޯވ ރޫމެއް އަދި ޑިސްޓްރިބިއުޝަން ސެންޓަރެއް ހުޅުވުމުގެ އެންމެ ބޮޑު މަޤުޞަދަކީ ހެޕީމާކެޓްގެ ބްރޭންޑް ތައް އޭގެ އެންމެ ތާޒާ ކަމާ ކޮލިޓީއާއި އެކީ މި ސަރަހައްދަށް ފޯރުކޮށްދިނުން ކަމަށެވެ.
ހެޕީމާކެޓްގެ ގދ ތިނަދޫ ފިހާރަ ރަސްމީކޮށް ހުޅުވުމާއި ގުޅިގެން މިއަދު ހަވީރު ބޭއްވި ޚާއްސަ ހަވީރު. މި ހަވީރަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ. ފޮޓޯ ޖައިޝަމް
ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގދ އަތޮޅު ރައީސް ހަސަން ފައިހަތު ޤުދުރަތުﷲ ވިދާޅުވީ ހެޕީމާކެޓް އިން ތިނަދޫ ގައި ފެށިމި ވިޔަފާރީގެ ސަބަބުން ރަށުގެ ކުދި ބޮޑު ވިޔަފާރި ތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ހިގައްޖެ ކަމަށާއި ހެޕީމާކެޓް އިން ކާބޯތަކެތިގެ ކޮލިޓީ ހިފަހައްޓަން ކުރާ މަސައްކަތަކީ ފާހަގަކޮށްލެވޭ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ކައިރި މުސްތަޤުބަލުގައި ފެރީ ނިޒާމަކުން މި ވިޔަފާރި އަތޮޅުގެ ރަށްތަކާއި ގުޅިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ގދ އަތޮޅު ރައީސް ހަސަން ފައިހަތު ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ގދ ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު އަލީ ވިދާޅުވީ ހެޕީމާކެޓް ގެ ސަބަބުން ތިނަދޫގެ އާންމު ރައްޔިތު މީހާއަށް ވަރަށް ބޮޑު އުފަލެއް ލިބިއްޖެ ކަމަށާއި މިއީ ރަށަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އިތުރަށް ވާހަކަ ކުރިޔަށް ގެންދާވަމުން ތިނަދޫ ރައީސް ސައުދު ވިދާޅުވީ ތިނަދޫ ކައުނަސިލްގެ ގެ ވިސްނުމާ މިސްރާބު ހުރީ ރާއްޖޭގެ ހުރިހާ ދިމާލަކުން ވެސް ހެޕީމާކެޓް ފަދައިން ވިޔަފާރި ފުޅާކޮށް ކުރުމުގެ ފުރުސަތު ދޭށެވެ. ހެޕީމާކެޓް އަކީ ރާއްޖޭގައި ކާމިޔާބު ކަމާއެކީ ވިޔަފާރި ހިންގާތާ 32 އަހަރު ވެފައިވާ ކުންފުންޏެކެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.