1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައީސް ނަޝީދު ފިޔަވައި "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެމްބަރުން އެމްޑީޕީން ވަކިވެއްޖެ

l_167881916513XAib (1)
ފިކުރެއްގެ ދިރުން ފެކްޝަނުން ބޭއްވި ޕީޖީ ބައްދަލުވުމުގެ ތެރެއިން
ހުވަދޫ ނިއުސް ޓީމް
333ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ “ފިކުރެއްގެ ދިރުން” ގައި އަރިސްކޮށް އުޅުންވާ މެމްބަރުން އެމްޑީޕީން ވަކިވެއްޖެ އެވެ.

އެމްޑީޕީން ވަކިވާން ނިންމި މެމްބަރުން އިސްތިއުފާ ދެއްވައި މިހާރު ވަނީ އެމްޑީޕީގެ ސެކްރެޓޭރިއަޓަށް ސިޓީ ފޮނުއްވާފައި އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ12 ރައްޔިތުންގެ މަޖިލީސް މެމްބަރުން ހިމެނެ އެވެ.

އެމްޑީޕީން ވަކިވާން ނިންމި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނަވަނީ:

300 × 250

ހަސަން ލަތީފް (ހެންވޭރު ހުޅަނގު)

އީވާ އަބްދުﷲ (ގަލޮޅު އުތުރު)

އިލްޔާސް ލަބީބް (ހުޅުދޫ ދާއިރާ)

އިމްތިޔާޒް ފަހުމީ (މާފަންނު އުތުރު)

މުހައްމަދު ވަހީދު (އުނގޫފާރު ދާއިރާ)

ޔާސިރު އަބްދުއްލަތީފް (ކުޅުދުއްފުށީ އުތުރު)

300 × 250

އިބްރާހިމް ރަޝީދު (ބޮންޑޭ، މާފަންނު މެދު ދާއިރާ)

ހަސަން އަފީފް (ވިލުފުށި)

ހުސެއިން ފިރުޝާން (މަޑަވެލި ދާއިރާ)

މުހައްމަދު ރަޝީދު (ބޯދިގު، މައްޗަންގޮޅި އުތުރު)

ހަސަން ޝިޔާން (ތޮއްޑޫ ދާއިރާ)

އަހްމަދު ޒާހިރު (ގައްދޫ)

ބޭފުޅުން އެމްޑީޕީ ދޫކޮށްލާފައި މިވަނީ އެ ފެކްޝަންގައި ހިމެނޭ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އިއްޔެ އެމްޑީޕީން ވަކިކޮށް، މިއަދު އޭނާގެ ނަން އިލެކްޝަން ކޮމިޝަން (އީސީ) ގައި އޮންނަ އެމްޑީޕީގެ ދަފުތަރުން ވެސް އުނިކޮށްފައި ވަނިކޮށެވެ. މީގެ އިތުރުން ވަކިވާން ސިޓީފޮނުއްވި ބޭފުޅުންގެ ތެރޭގައި އެސްޓިއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ހިމެނެ އެވެ.

ފިކުރެއްގެ ދިރުން ފެކްޝަނުން ވަނީ މިއަދު ހަވީރު 17:00 ގައި ނޫސްވެރިންނާއި ބައްދަލު ކުރަން ނިންމާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި