1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަޑަވެލި - ހޯނޑެއްދޫ ކޯޒްވޭ ބޭނުން ކުރުން ހުއްޓާލުމަށް ސަރުކާރުން އަންގައިފީ

2-1
ގދ މަޑަވެލި - ހޯނޑެއްދޫ ކޯޒްވޭ
މުހައްމަދު އަޚްތަރު
1,661ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގދ މަޑަވެލި - ހޯނޑެއްދޫ ކޯޒްވޭ ބޭނުން ކުރުން ހުއްޓާލުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭންންގ ހައުސިންގ އެންޑް އިން ފްރާސްޓްރަކްޗަ އިން އަންގައިފިއެވެ.

ގދ ހޯނޑެއްދޫ ކައުންސިލުން އިއްޔެ ޢާންމު ކުރި އެންގުމެއްގައި ވަނީ މަޑަވެލި - ހޯނޑެއްދޫ ގުޅުވާލުމަށް އަލުން ހަދާ ކޯޒްވޭ ގެ މަސައްކަތަށް ބޭނުންވާ ވެލި ނެގުމަށް ހަމަޖެހިފައިވަނީ ކުރިން އަޅާފައިވާ އަދި މިހާރު ދެ ރަށުގެ ރައްޔިތުން ދަތުރު ކުރުމަށް ބޭނުން ކުރަމުން އަންނަ ކޯޒްވޭ އިން ކަމަށް ވާތީ އެ ކޯޒްވޭ އިން ހިންގާބިނގާ މީހުން އަންނަ އާދީއްތަ ދުވަހުން ފެށިގެން އާ މަޝްރޫޢު ނިމެންދެން ކުރީގެ ކޯޒްވޭ ބޭނުން ކުރުން ހުއްޓާލުމަށް އާއްމުކޮށް އެންގުމަށް އެ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

347778717_162785013430919_696668645642510715_nގދ.މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ މަޝްރޫޢާއި ގުޅޭ އިޢްލާން

300 × 250

ހޯޑެއްދޫ ކައުންސިލްގެ ނާއިބު ރައީސް އަހުމަދު ޝިހާމް ސޮއިކޮށް ނެރެފައިވާ އެންގުމުގައި ބުނެފައި ވަނީ އަލަށް ހަދާ ކޯޒްވޭ ހަދަމުން ދަނިކޮށް މޫސުމް ގޯސްވެގެން ވަގުތީ ބެޑް ގިރައިގެން ގޮސްފައި ވާތީ އެތަން ހެދުމަށް ބޭނުންވާ ވެލި ބޭނުންވާ ކަމަށް މިނިސްޓްރީގައި އެދިފައިވާ ކަމަށާއި އެހެންކަމުން އެ ވެލި ނެގުމަށް ހަމަޖެހިފައިވަނީ ކުރިން ހަދާފައިވާ ކޯޒްވޭ އިން ކަމަށެވެ.

ދެ ރަށުގެ ގުޅުން ކެނޑިގެން ދާ މި ނިންމުމާއި ގުޅިގެން މަޑަވެލީ ކައުންސިލް ގެ ރައީސް ފިޔާޒް ޙަސަން ވަނީ މިނިސްޓްރީ ގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މަޑަވެލި ރައީސް ފިޔާޒް ވިދާޅުވީ މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ އަކީ މަޑަވެލީގެ އިޙްތިސާސް ތެރެއިން ނަގާފައިވާ ވެލި ބޭނުން ކޮށްގެން އަޅާފައިވާ ކޯޒްވޭ އެއް ކަމަށާއި އާ ކޯޒްވޭ އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ބޭއްވިފައިވާ ގިނަ މަޝްވަރާ ތަކުގައި މިހާރުގެ ކޯޒްވޭ އަށް އެއްވެސް ބަދަލެއް ނުގެންނާނޭ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައި ކަމަށެވެ. މަޑަވެލީ ރައީސް އިތުރަށް ވިދާޅުވީ މިއަދު ކޯޒްވޭ ކަނޑާލައި އަދި އެ ތަނުގައި ހުރި ވެލި ބޭނުން ކުރުމުގައި މިނިސްޓްރީ ތަކުންނާއި ހޯނޑެއްދޫ ކައުންސިލުން ކުރާ މަސައްކަތަކީ ޒިންމާދާރު ޢަމަލެއްނޫން ކަމަށް ދެކޭ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން ފިޔާޒް ވަނީ މަޑަވެލީގެ އެންމެހާ ރައްޔިތުން އިހްތިޖާ ކުރުމަށް ވެސް ގޮވާލަފައެވެ.އެމް.ޓީ.ސީ.ސީ އާއި ޙަވާލު ކޮށްގެން ކުރިޔަށް ގެންދާ މި ޕްރޮޖެކްޓް ފެށުމަށް ބޭއްވި ބައްދަލުވުމުގައި، އެމް.ޓީ.ސީ.ސީ ގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް ވަނީ އައު ކޯޒްވޭގެ މަސައްކަތް ނިމެންދެން، މިހާރު ބޭނުން ކުރަމުންދާ ކޯޒްވޭ އިން ދަތުރު ފަތުރު ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

300 × 250

ޚިޔާލު (17)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • Ibrahim Ahmed

    Abdulla Nasru alhaa tho kobai. Keynthe thi hadhannu? ???? ????

  • Pija Mohamed

    Hajja ebeya dhen ginain????

    • Hajja Mohamed

      Pija launch a kowai ????

    • Pija Mohamed

      Hajja alley thi fahttan dhaskerahnna. Mithanaa nethas ahannate dhen Hoadedhoo ate nogoho nuthibeviyennai????

    • Hajja Mohamed

      Pija VAANE KAMEH NOON ????

  • Dhaandhoo Asif

    Fiyaz Hassan ei thedheh tha

    • Ibrahim Ahmed

      Dhaandhoo Asif Raees huttu varan nuruhun vefai kaman vennu

    • Dhaandhoo Asif

      Ibrahim Ahmed Ehentha

    • Ibrahim Ahmed

      Dhaandhoo Asif ???? hmm

  • Abdulla Nazim

    Madaveli meehun kihineh hiadhi ufgedhi veyyeh?. Sarukaarun beynun Kom thaakun veli negeyne.. ekameh nuvanyaa saarukaareh othumuge beynumakee kobaa.. madevili meehunnakee gaanoonah boalaban egey bayeh tha anehkaa?!!!

    • Ahmed Arusham Hassan

      Abdulla Nazim bro ah engeytha e causeway nahthaaleema dhen dherashuge viyafaari, aailaa, kiyavandhaa kudhin, nurse emmenah vaane undhagu?.

    • Rishrn Rishan

      Abdulla Nazim Sarukaarun Kihineh Hoadhi Veyyeh?? Madavelin Thaneh Konegen Ethanun Veli Nagaafa Causeway Eh Hedhee???? E Causeway Nagannaa Ethaa Huri Veli Aburaa Eveli Negi Thanakah Alhan Jeheynee Ithuru Gotheh Miaku Neii Varah Saafu???? Ibrahim Mohamed Solih Ehfass Kuran Buni Than Thee.....

  • Rasheedh Mashitha

    Mivennoo kehenan

  • Nausham Waheed

    Mohmed Aus Saeed ????

  • Ahmed Zaatte

    Alhe haadha hima magekey thiya hadhanee. Ekamaku vaa. Thiya thaa ves 4 lane a thaaru alhaafa raalhu naaraane hen eba jehey magu hadhan.

  • ުއާދު

    މަޑަވެލީގެ ވެއްޔެއް ނުހުންނާނެ ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީ ގެނައުމަށްޓަކައި ދިވެހި ރާއްޖޭގެ ގާނޫނު ހިނގާ ކޮންމެތާކުން ސަރުކާރުން ބޭނުންވާ ވަގުތަކު ވެލިނެގޭނެ ނަގާނެ ކައުންސިލަށް ދާއްކާނެ ނަގާފައި

  • މުޙައްމަދު

    މިސާލަކައް އިންޖީނުގެ،މަދަރުސާ/ސުކޫލް،މިސްކިތް،ކައުންސިލް އިދާރާ،ކުޅިވަރު ކުޅޭތަންތަން،ނަރުދަމާ އާއި ފެނުގެނިޒާމް އަދި ވެސް މިވެރިންނަށް ނުކުރެވޭ ކޮއްމެ ކަމެއް ކުރަންވީ ސަރުކާރުން އެކަމަކު ސަރުކާރައް ހުއްދައެއްނެތް މިވެރިންގެ ރަށުން ވެލިފުކެއްގެމިންވުރުގަވެސް އަތްލާން.މީކޮންކަހަލަ މޮޔަކައުންސިލްރައީސުން ތިބޭކައުންސިލްތަކެއްބާވަޔޭ،ހިތަށްއަރާ ރައްޔިތުންނޭ!ރަށައްލިބޭކުރި އެރުން ނުހުއްޓުވާ މޮޔަވެރިންގެ ބަސްއަހިގެން، ތިމާގެލޯބިވާރަށް އިސްކުރޭ.

ގުޅުންހުރި