1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މިދިޔަ ހަފްތާގައި އެމްޕީއެލް އިން 1،800 އަށްވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފި

މަރްޔަމް ޝަފާ ސައީދު
911ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިދިޔަ ހަފްތާގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޖުމްލަ 1،868 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެމްޕީއެލް އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މީގެ ތެރޭގައި ހިމެނެނީ 1،450 ކޮންޓެއިނާ އުޅަނދާއި 418 ޖެނެރަލް ކާގޯ އުޅަނދެވެ.

މިދިޔަ ހަފްތާގައި އެންމެ ގިނައިން ކްލިއާކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކެވެ. އޭގެ ތެރޭގައި ބިސް، ފިޔާ، ކަރާ، އަލުވި، ޓޮމާޓޯ، ދޮންކެޔޮ، ކެބެޖް އަދި ސްވީޓް މެލަން ފަދަ ބާވަތްތައް ހިމެނެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި އެންމެ ގިނައިން ކްލިއާކޮށްފައިވަނީ ބިހެވެ.

ކްލިއާކުރި ބައެއް މުދަލުގެ އަދަދުތައް:

300 × 250
  • 14،315 ޕެކޭޖުގެ ބިސް
  • 9،562 ޕެކޭޖުގެ ފިޔާ
  • 8،648 ޕެކޭޖުގެ ކަރާ
  • 6،414 ޕެކޭޖުގެ އަލުވި
  • 5،004 ޕެކޭޖުގެ ޓޮމާޓޯ
  • 3،552 ޕެކޭޖުގެ ކެބެޖް
  • 2،962 ޕެކޭޖުގެ ދޮންކެޔޮ

މީގެ އިތުރުން އަލަނާސި، ބަރަބޯ އަދި ސްވިޓް މެލަން ހިމެނޭހެން ގިނަ އަދަދެއްގެ މުދާ ވަނީ ބަނދަރުން ކްލިއާކޮށްފައެވެ.

ފާއިތުވި ހަފްތާގައި ޖުމްލަ 2 ކޮންޓެއިނަރު އުޅަނދު ރާއްޖެ އައިސްފައިވާއިރު، 3 އުޅަނދެއް ވަނީ މުދާ ބޭލުމަށްފަހު ފުރައިގެން ގޮސްފައެވެ. އަދި 4 ޖެނެރަލް ކާގޯ އުޅަނދެއްގެ މުދާ ކްލިއާކޮށްފައިވާއިރު، އެ ބާވަތުގެ 3 އުޅަނދެއް ވަނީ ފުރާފައެވެ.

ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ލިބޭނެ މަގު ފަހިކޮށްދިނުމަށް އެމްޕީއެލްގެ އޮޕަރޭޝަންސް ޓީމުތަކުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ވަކިން ހާއްސަކޮށް، އަވަހަށް ހަލާކުވާ ޒާތުގެ މުދާ ރައްކާތެރިކަމާއެކު ކްލިއާކުރުމަށްޓަކައި 3،000 އަކަފޫޓުގެ ހިޔާ ކުރެވިފައިވާ ޝެޑެއް ވެސް މިހާރު ވަނީ ގާއިމުކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި