އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ސްކޫލްތަކަށް ވަދެ ނުކުމެވޭނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހާ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގަވައިފިއެވެ.
އެހެންކަމުން އަންނަ މަހުން ފެށިގެން ވެކްސިން ނުޖަހާ ޓީޗަރުންނާއި، އެހެނިހެން މުވައްޒަފުންނާއި، ވެކްސިން ޖެހޭ އުމުރުގެ ސްކޫލްގެ ދަރިވަރުންގެ އިތުރުން ބެލެނެވެރިންނަށް ސްކޫލަށް ވަދެ ނުކުތުން މަނާ ވާނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުޑައިރުކޮޅެއް ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައިވަނީ، ދަރިވަރުންގެ ކިޔެވުން ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށާއި، ކޮވިޑް އިން ރައްކާތެރިވުމަށް ސްކޫލް ތަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައި ވާ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.