1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ނޫސްވެރިކަމާއި ޚަބަރު ކިޔުމުގެ ތަމްރީނު ސެޝަންތަކެއް ކުޅުދުއްފުށީ ގައި ކުރިއަށް ގެންގޮސްފި

347380471_283614110671221_2407865211563848037_n
މަގްބޫލު ޚަބަރު ކިޔުންތެރިޔާ ޒަމްޢަތު އަޙްމަދު ވަޙީދު ، ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް
މުހައްމަދު އަޚްތަރު
859ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ނޫސްވެރިކަމާއި ޚަބަރު ކިޔުމާ ގުޅޭ ޓްރެއިނިންގ ސެޝަންތަކެއް ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންގޮސްފި އެވެ.

2006ގައި ނޫސްވެރިކަމުގެ ދާއިރާއަށް ވަން، އަދި އެތައް ބައެއްގެ މަގްބޫލު ޚަބަރު ކިޔުންތެރިޔާ ޒަމްޢަތު އަޙްމަދު ވަޙީދު މި ސެޝަންތައް ކުރިއަށް ގެންދިޔައީ ދެ ބަޔަކަށް ބަހާލައިގެން ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެންނެވެ. ދެ ދުވަހަށް ބަހާލައިގެން ކުޅުދުއްފުށީ ސިޓީގެ 3 ސްކޫލާއި އެ ސިޓީގެ ޒުވާނުންނަށް ކުރިއަށް ގެންދިޔަ މި ސެޝަންސްތަކުގައި ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި، އަފީފުއްދީން ސްކޫލާއި ޖަލާލުއްދީން ސްކޫލުގެ ޖުމްލަ 93 ދަރިވަރުން ބައިވެރިވިއެވެ.

photo1684557815

300 × 250

ސްކޫލު ދަރިވަރުންގެ ސެޝަންގައި އެ ސްކޫލުގެ ގްރޭޑް 7 އިން 12 ގެ ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ. މި ސެޝަންގައި ބޭސިކް ޖާނަލިޒަމްއާއި، ދަރިވަރުންގެ ކަރިކިއުލަމްގައި ހިމެނޭ ޚަބަރާ ގުޅޭ ބައިތަކަށް ބަލާފައިވެއެވެ. އަދި ޚަބަރު ލިޔުމާއި ޚަބަރު ކިޔުމުގެ މަސައްކަތް ދަރިވަރުން ކޮށްފައިވާއިރު މި ދެކަމުގައި ޒަމްއަތުގެ ތަޖުރިބާއިން ކުދިންނަށް ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައިވެއެވެ.

photo1684557773

ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ ސެޝަންތަކުގައިވެސް ނޫސްވެރިކަމާއި ޚަބަރު ކިޔުމުގެ މުހިންމު ބައިތައް ކިޔައިދީފައިވާ އެވެ. ޒަމްޢަތު ވިދާޅުވީ މި ސެޝަންތަކަކީ ހިލޭ ސާބަހަށް ކުރިއަށް ގެންދާ ސެޝަންތަކެއް ކަމަށާއި ރާއްޖޭގެ ކޮންމެ ރަށަކުންވެސް އެދިއްޖެނަމަ ވަގުތު ވާވަރަކުން މިފަދަ ސެޝަންތައް ކުރިއަށް ގެންދިޔުމަށް ވިސްނާފައިވާ ކަމަށެވެ. ޒަމްޢަތަކީ 2022 ވަނަ އަހަރު ނޫސްވެރިކަމުގެ ރޮނގުން މާސްޓަރސް ހަދާފައިވާ ނޫސްވެރިއެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި