ފުވައްމުލައް ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި މަޝްހޫރުކުރުމަށް އަދި އެ ރަށާއި ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ހިމެނޭ ވެބްސައިޓް www.visitfuvahmulah.mv ވިޒިޓް ފުވައްމުލައް މިއަދު ލޯންޗުކޮށްފިއެވެ.
މި ވެބްސައިޓް ލޯންޗްކޮށްފައިވަނީ މިހާރު ތައިލޭންޑުގެ ބެންކޮކުގައި ކުރިއަށްދާ ތައިލޭންޑް ޑައިވް އެކްސްޕޯގައެވެ. އެގޮތުން މިވެބްސައިޓް ލޯންޗްކޮށް ދެއްވައިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި 25 އަހަރު މަސައްކަތް ކޮށްފައިވާ އަދި މިހާރުވެސް އެދާއިރާގައި މަސައްކަތް ކުރައްވަމުން އަންނަ ފުވައްމުލައް ސިޓީއަށް ނިސްބަތްވާ ބޭފުޅެއް ކަމުގައިވާ މުރާދް ހަސަންއެވެ.
https://fb.watch/kEgYXnDNQ1/?mibextid=afzh1R
ވިޒިޓް ފުވައްމުލައް މި ވެބްސައިޓުގައި ފުވައްމުލަކާއި ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ލިބެންހުރެއެވެ. އެގޮތުން ފުވައްމުލަކުގެ ގުދުރަތީ ރީތިކަމާއި ކަނޑު އަޑީގެ ރީތިކަމުގެ އިތުރުން ފުވައްމުލަކުގައި ހުންނަ ގެސްޓް ހައުސްތަކުގެ މައުލޫމާތު ލިބެން ހުރެއެވެ. މީގެ އިތުރުން ފުވައްމުލަކުގައި ކާބޯތަކެތި ލިބެން ހުންނަ ތަންތަނުގެ މައުލޫމާތާއި ފަތުރުވެރިން ގަޔާވާނެފަދަ މައުލޫމާތު މި ވެބްސައިޓް އިން އިން ލިބެން ހުރެއެވެ.
https://www.instagram.com/p/CsbKuP1J8IB/
މިމަހުގެ 18 އިން 21 އަށް ތައިލެންޑުގެ ބެންކޮކުގައި ކުރިއަށްގެންދާ މި އެކްސްޕޯގައި ފުވައްމުލައް ސިޓީ ކައުންސިލުގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނެގުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ގުރުއަތުން ހޮވޭ ފަރާތަކަށް ދަތުރުފަތުރާއި އެކު ފުވައްމުލަކުގައި 2 މީހަކަށް 5 ދުވަހުގެ ހުރުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޮންމެ ފަރާތަކަށް 10 ޑައިވް ކުރުމުގެ ފުރުސަތުވެސް މި ލަކީޑްރޯއިން ހޮވޭ ފަރާތަކަށް ދިނުމަށްވަނީ ހަމަޖެހިފައެވެ.
https://www.youtube.com/watch?v=PmIr0R7GfrA&ab_channel=VisitFuvahmulah
ފުވައްމުލައް ސިޓީ ކައުންސިލުން ގުރުއަތުން ހޮވޭ ފަރާތެއްގެ ދަތުރުފަތުރުގެ ޓިކެޓްތައް ދިނުމަށް ހަމަޖެހިފައިވާއިރު ފުވައްމުލަކުގައި އެފަރާތެއްގެ ހުރުމާއި ކެއުންބުއިން ސްޕޮންސަރ ކޮށްފައިވަނީ ފުވައްމުލަކުގެ ގެސްޓު ހައުސްއެއް ކަމުގައިވާ އަޓަރެކްސިސް އިންނެވެ. އަދި ޑައިވްތައް ސްޕޮންސަރކޮށްފައިވަނީ ފުވައްމުލަކުގެ ޕެލާޖިކް ޑައިވަރސްގެ ފަރާތުންނެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.