ގދ ތިނަދޫގައި 2 އަހަރުގެ ދަރިފުޅުުޅާއި އެކު ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ކާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މިއަދު މެންދުރު 12 ޖެހި އިރު ހިނގި މި އެކްސިޑެންޓް ހިނގަން ދިމާވީ ސައިކަލް ގެ ކުރީގައި އިން 2 އަހަރުގެ ކުޑަ ކުއްޖާއަށް ރޭސް މުށްގަނޑަށް އަނބުރާލެވި ސައިކަލްގެ ކޮންޓްރޯލް ގެއްލި ގޮސްގެންނެވެ.
މަންޒަރު ދުއް މީހަކު "ހުވަދޫ" އަށް މަޢުލޫމާތު ދެމުން ބުނީ ސައިކަލް ކޮންޓްރޯލް ނެއްޓިގެން ގޮސް އެރީ ޕޭވްމަންޓަށް ކަމަށާއި އެތާ ކައިރީގައި 2 ކާރު ޕާކު ކޮއްފައި އޮތް އިރު ސައިކަލް ހުއްޓުނީ އެތަނުން ދުރުގައި އޮތް ކާރުގައި ޖެހިގެން ކަމަށެވެ.
މި އެކްސިޑެންޓެގައި ސައިކަލް ދުއްވަން އިން ކުއްޖާގެ މަންމަ އަށާއި ކުއްޖާއަށް ވެސް އެކިވަރުގެ އަނިޔާތަކާއި ޒަޚަމްތައް ވެފައިވާއިރު ކާރުގެ ދޮރުފަތް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
ތިނަދޫ 1 ނަންބަރު ފްލެޓު ކައިރީގައި ހުންނަ އެންޓެރެސް ރެސްޓޯރެންޓް ކުރިމަތީ ގައި ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ މައިން ވެސް ވަނީ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވި އަވަސް ފަރުވާ ދީފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.