ސައުދީ އަރަބިއްޔާގެ ތެލުގެ ވަސީލަތްތަކަށް އަމާޒުކޮށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
އިރުމަތީ ޕްރޮވިންސާއި ވެރިރަށް ރިޔާދާއި ތެލުގެ ވަސީލަތްތަކަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާތަކެއް ނާކާމިޔާބުކޮށްފައިވާ ކަމަށް ސައުދީގެ ޑިފެންސް މިނިސްޓްރީން ހޯމަ ދުވަހު ހާމަކުރުމުން، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވަނީ އެއީ ސަރަހައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށް، ހަރުކަށި އިބާރާތަކުން ކުށްވެރިކޮށްފައެވެ.
ދިވެހި ސަރުކާރުން ވަނީ ރާއްޖެ އޮންނާނީ ސައުދީ އަރަބިއްޔާއާއެކުކަން ފާހަގަކޮށް، އެ ގައުމުގެ ސަލާމަތާއި އިސްތިގުލާލު ރައްކާތެރިކުރުމަށް އަޅާ ކޮންމެ ފިޔަވަޅަކަށް ތާއީދުކުރާނެ ކަމަށް ބުނެފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.