ރައީސް މުޙައްމަދު ނަޝީދުގެ ”ފިކުރެއްގެ ދިރުން“ ފެކްޝަނުން އުފައްދަން މަސައްކަތް ކުރާ "ދަ ޑިމޮކްރެޓްްސް" ސިޔާސީ ޕާޓީ ޑިމޮކްރެޓިކް އުސޫލުން ނުހިނގާނެކަން ވަރަށް ސާފުކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރޭ ވިދާޅުވެއްޖެއެވެ.
ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދުގެ ފެކްޝަނުން ސިޔާސީ ޕާޓީ އުފައްދަނީ، ޑިމޮކްރަަސީގެ ހުރިހައި އަސާސްތަކެއް މުގުރާފައި ގޮސް ކަމަށާއި، އެގޮތަށް ޕާޓީ އުފެއްދިޔަސް، ޑިމޮކްރެޓިކް އުސޫލުން ނުހިނގާނެ ކަމަށެވެ.
https://twitter.com/huvadhoomedia/status/1660539356959117312?s=20
އެ ވީޑިއޯގައި ރައީސް ނަޝީދު ވިދާޅުވަނީ ޕްރައިމަރީގައި މޮޅުވާ ކެންޑިޑޭޓެއްގެ ފަހަތަށް ބަލިވާ ކެންޑިޑޭޓް އަރާނެ ކަމަށެވެ. "ދަ ޑިމޮކްރެޓްްސް" އުފެއްދުމުގެ ހުއްދައަށް އެދި، އިއްޔެ އިލެކްޝަންްސް ކޮމިޝަނަށް ވަނީ ހުށަހަޅައިފައެވެ. މި ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވަނީ، އެމްޑީޕީން ދާދި ފަހުން ވަކިވެވަޑައިގެންނެވި 12 މަޖިލިސް މެމްބަރުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.