ހއ ހޯރަފުށީ އިންޓަނޭޝަނަލް ސްކޫލަށް އަމިއްލަ ފަރާތަކުން 1.17 މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.
މި ރުފިޔާ ހަދިޔާ ކޮށްދެއްވީ މަޝްހޫރު ވިޔަފާރިވެރިޔާމުހައްމަދު މޫސާ, އުއްޗު އެވެ.
https://www.facebook.com/100064359742316/posts/pfbid09bhXZpo898UTMVhv4Bj9TYUng15dDJ5QwfSWGyufHt4hxF621s3FeAYNb2KXunQCl/?mibextid=afzh1R
ހޯރަފުށި ކައުންސިލްގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ އެހީ އުއްޗުގެ ފަރާތުން ހަދިޔާކޮށްދެއްވީ އޭނާގެ ދަރިކަނބަލުން ސާރާ މުހައްމަދު މޫސާއެވެ.އެހީއާ ހަވާލުވެވަޑައިގަތީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އަދި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދުއެވެ.
ހޯރަފުށި އިންޓަނޭޝަނަލް ސްކޫލަށްއުއްޗުގެ ފަރާތުން ދިން 1.17 މިލިއަން ރުފިޔާގެ އެހީގެ ތެރެއިން ބައެއް ދީފައި ވަނީ މާލީ އެހީގެ ގޮތުގައި އަދި ބައެއް އެހީ ދިނީ ތަކެތީގެ ގޮތުގައެވެ.
އުއްޗުގެ ފަރާތުން ލިބުނު މި ދީލަތި އެހީ އަކީ 2021 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އުއްޗު ހޯރަފުއްޓަށް ވަޑައިގެންނެވުމުން، އެ ރަށުގެ ރައްޔިތުން އުއްޗުއާ ބައްދަލުކޮށް، އެ ސްކޫލަށް ބޭނުންވާ ބައެއް ކަންކަން ކޮށްދިނުމަށް އެދުމުން ދެއްވި ހަދިޔާ އެކެވެ. މިކަމަށްޓަކައި ހޯރަފުށި ކައުންސިލާއި ސްކޫލުންވަނީ ޝުކުރު އަދާކޮށްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.