މާފަންނުގައި ހުރި ފިހާރައަކުން ވައްކަން ކުރި މީހަކު ހިފަހައްޓައި އެ މީހާގެ މުޅިގައިގައި ދަވާދު ލައި އަނިޔާކުރި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

އެމައްސަލައާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ވިދާޅުވެފައި ވަނީ މާލޭގެ މާފަންނުގައި ހުރި ފިހާރައަކުން ވައްކަންކުރި މީހަކު ހިފަހައްޓައިގެން އުޅޭކަމަށް ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އެރިޕޯޓާއި ގުޅިގެން ފުލުހުން އެސަރަހައްދަށް ދިޔައިރު އެމީހުން އެސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

https://twitter.com/mvcrisis/status/1660376098126061570?s=46&t=YOMcM7x-FnT57_2QqFS_kQ

ފިހާރައަކުން ވައްކަން ކުރި މައްސަލައެއްގައި މީހަކަށް އަނިޔާކޮަށް އެމީހާގެ ގައިގައި ދަވާދު ހާކަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެ ގިނަ ބަޔަކު ގެންދަނީ އެފަދަ ލާއިންސާނީ އަމަލެއް ހިންގި މައްސަލައިގައި ނުރުހުން ފާޅުކޮށް އެމައްސަލަ ބެލުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލަމުންނެވެ.