ގއ ދާންދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ފުލުހުންގެ ބެލުމުގެ ހުއްޓާ ފިލައިގެން ދިޔަ މީހާ އޮޑިހަރު ގެއެއްގައި ފިލައިގެން އޮއްވާ ހައްޔަރު ކޮށްފި އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ދާންދޫ ޕޮލިސް ސްޓޭޝަނަށް ރޭ ޙާޟިރުކުރި 49 އަހަރުގެ ފިރިހެން މީހާ ފިލާފައިވަނީ ރޭ ދަންވަރު 12:57 ހާއިރުއެވެ. މި މީހާ ހޯދުމުގެ މަސައްކަތް ފުލުހުންއި ދާންދޫ ގެ ބައެއް ފަރާތްތަކުން ހޯދުމުން ދަނިކޮށް އޭނާ ފެނިފައި ވަނީ މިއަދު މެންދުރު, އެ ރަށުގައި ހުރި ހަރުގެއެއްގެ ތެރޭގައި ބަންނަމުން ދިޔަ ޑައިވިިންގ ދޯޏެއްއްގެ ދިރުނބާ ކޮޅު ވަތުތެރޭގައި ފިލައިގެން އޮއްވާ ކަމަށް ދާންދޫ ކައުންސިލުން ވަނީ ހުވަދު މީޑިއާ މައުލޫމާތު ދެއްވާފައެވެ








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.