1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދިވެއްސެއްގެ ނަމުގައި ބިދޭސީން ވިޔަފާރިކުރާ ނަމަ، 100،000 ރުފިޔާގެ ޖޫރިމަނާ އެއް

b_mjsoWUiatq6BY5gmAjztwdjU2
ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ ޕްރޮގްރާމުގެ ދަށުން ގަލޮޅު ސްޓޭޑިއަމްގައި - ފޮޓޯ: ވަން އޮންލައިން
ހުވަދޫ ނިއުސް ޓީމް
1,471ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިންގެ ނަމުގައި ބިދޭސީން ވިޔަފާރިކުރާ ނަމަ، ވިޔަފާރީގެ ރަޖިސްޓްރީ ބާތިލުކޮށް ، 100،000 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް ގަވާއިދު ހަދައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކުރި "އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގަވާއިދު" ގައި ބުނީ "އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު" ގެ ދަށުން ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީ ފަރާތަކަށް މަންފާ ލިބޭގޮތަށް، އެއްވެސް ފަރާތަކުން އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ހިންގުމަކީ މަނާ ކަމެއް ކަމަށެވެ.

https://drive.google.com/file/d/1jP9GeZBJZuuxbyYiACnZF0x5DwH6MrsL/view?usp=share_link

300 × 250

އަޅާނެ ފިޔަވަޅުތައް:

  • ސީދާ އަދި ނުސީދާ ގޮތުން ބިދޭސީ ފަރާތަކަށް މަންފާ ލިބޭ ގޮތަށް ހިންގަމުންދާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށް ވާގިވެރިވާ ފަރާތްތަކުގެ ވިޔަފާރި ރަޖިސްޓަރީ ބާތިލުކުރުން
  • 100,000ރ. އިން ޖޫރިމަނާކޮށް، 5 އަހަރު ދުވަހުގެ މުއްދަތަށް އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓްރީނުކުރެވޭނެ ފަރާތެއްގެ ގޮތުގައި ކަނޑައެޅުން

މި ގަވައިދަށް ޢަމަލުކުރަން ފެށުމާއެކު، އަމިއްލަ ވިޔަފާރިތަކުން އެހެން އިދާރާތަކަށް އެފަރާތުގެ ރަޖިސްޓަރީއާބެހޭ މަޢުލޫމާތު ހިއްސާކުރުމުގައި އަދި ބޭންކު އެކައުންޓު ހުޅުވުމަށާއި މިނޫންވެސް ވިޔަފާރީގެ މުޢާމަލާތްތައް ހިންގާއިރު، ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއްކަން އަންގައިދިނުމަށް ބޭނުންކުރާ ރެޖިސްޓްރޭޝަން ސެޓްފިކެޓް ދޫކުރުން ހުއްޓާލައި، ވިޔަފާރިއާބެހޭގޮތުން ރެކޯޑުކޮށްފައިވާ ހުރިހާ މަޢުލޫމާތެއް ހިމެނޭ ގޮތަށް މިފަދަ ވިޔަފާރިތައް ރަޖިސްޓަރީކުރެވުމާއެކު، ހަމައެކަނި، ކޯޕަރޭޓް ޕްރޮފައިލް ޝީޓެއް ދޫކުރުމަށްވެސް ފެށޭނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި