ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަމް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޖޭޕީން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ މި ދަނޑިވަޅުގައި، ރާއްޖޭގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އެކިއެކި ޝަހްސިއްޔަތުތަކުން އަންނަނީ އެ ޕާޓީއާ ގުޅެމުންނެވެ. ހައިލަމް ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމަށްފަހު އޭނާގެ ފޯމް ހަވާލުކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއެވެ.

https://twitter.com/JZuvaanun/status/1661728208306458624?s=20

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ކުރިއަށްދާއިރު ޕާޓީގެ ރިޔާސީ ޓިކެޓް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓާ ހަވާލުކުރުން އަންނަ ޖޫން މަހުގެ 9 ގައި ބާއްވަން މިހާރު ވަނީ ނިންމާފައެވެ. އަދި ރަސްމީކޮށް ރިޔާސީ ކެމްޕޭން ފެށުން ވެސް އެރޭ އޮންނާނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.