1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޔުނިކް ސޯޝަލް ސެންޓަރ ރަސްމީ ކޮށް ހުޅުވައިފި

IMG_3701
ހުވަދޫ ފޮޓޯ: ނަޑޭ
މުހައްމަދު އަޚްތަރު
1,585ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު ސައުދުﷲ ހިލްމީ އަމިއްލަ ޚަރަދުގައި ގދ ތިނަދޫ ގައި ހެދި ސްޕޯޓްސް ކޮމްޕްލެކްސް ރޭ ރަސްމީ ކޮށް ހުޅުވައިފިއެވެ.

ޔުނިކް ސޯޝަލް ސެންޓަރ ރަސްމީކޮށް ހުޅުވައި ދެއްވީ އެ ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަދި އެ އިޖްތިމާޢީ މަރުކަޒު އެ ކްލަބަކަށް ޚާއްޞަ ވެފައިވާ ސްޕޯޓްސް ކްލަބް ޔުނީކް (އެސްސީޔޫ) ގެ އެއް މުޢައްސިސް ސައުދުﷲ ހިލްމީ އާއި ރޭގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ގެ ރައީސް މުހައްމަދު އަބްދުއްސައްތާރު އެވެ. ސޯޝަލް ސެންޓަރުގައި ކްލަބްގެ ދިދަ އާއި ޤައުމީ ދިދަ ނަންގަވައި ދެއްވީ ކްލަބް ގެ ދެ މުޢައްސިސުން ކަމުގައިވާ ސައުދުﷲ ހިލްމީ އަދި މުހައްމަދު ޒުބައިރުއެވެ.

ރޭގެ ރަސްމިއްޔާތުގައި ޔުނިކް ސޯޝަލް ސެންޓަރުގެ ބިލިއާރޑް *ހޯލް* ހުޅުވައި ދެއްވީމޯލްޑިވްސް ބިލިއާރޑް އެސޯސިއޭޝަންގެ ރައީސް އަހުމަދު ނާސިފްއެވެ.ޓީޓީ ހޯލް ހުޅުވައި ދެއްވީ މޯލްޑިވްސް ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރާޝީދު އެވެ. އަދި ބެޑްމިންޓަން ކޯޓު ހުޅުވައި ދެއްވީ މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަން ގެ ރައީސް މޫސާ ނާޝިދު އެވެ.

300 × 250

IMG_3699ހުވަދޫ ފޮޓޯ: ނަޑޭ

ގދ އަތޮޅު ރައީސް ޙަސަން ފައިހަތު ޤުދުރަތުﷲ ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވި ރޭގެ ރަސްމިއްޔާތުގައި އެސޯސިއޭޝަން ތަކުގެ ރައީސުން ވަނީ ރަސްމިއްޔާތުގައި ބައިވެރިވި މެހެމާނުންނާ މުޚާޠަބު ކުރައްވާ ވާހަކަ ދައްކަވާފައެވެ. އެ ހުރިހާ ބޭފުޅުންވެސް ވަނީ އެސޯސިއޭޝަން ތަކުގެ އެހީތެރިކަން ފުޅާ ދާއިރާއެއްގައި އެ ސެންޓަރާއި ކްލަބަށް ދެއްވާނެކަން ހާމަކޮއްފައެވެ. އަދި އެ ބޭފުޅުން ވަނީ ތިނަދޫ ގައި އެފަދަ ތަހުޒީބީ އެކުވެއްޏެއް ތައްޔާރު ކޮއްފައިވާ ފުރިހަމަ ކަމާއިމެދު ހައިރާން ވެ ވަޑައިގެންނަވާ ކަން ފާހަގަ ކުރައްވާ ސަޢުދުﷲ އަށް ތަޢުރީފު ކުރައްވާފައެވެ.

ޔުނިކް ސޯޝަލް ސެންޓަރު ހުޅުވުމަށް ފަހު ވާހަކަ ދައްކަވަމުން ސައުދުﷲ ވިދާޅުވީ މިއީ އޭނާ ވަރަށް ކުރީއްސުރެ ދެކެމުން އަންނަ ހުވަފެނެއް ކަމަށާއި ރަށުގެ ޒުވާނުން މިހާރު އެންމެ ބޭނުންވާ ގޮތަށް ޢިމާރާތް ހެދި ވަސީލަތްތައް ޤާއިމު ވެގެން ދިޔައީތީ މާތް ﷲ އަށް ޙަމްދުކޮށް ޝުކުރު އަދާކުރާ ކަމަށެވެ.

photo1685103181ހުވަދޫ ފޮޓޯ: ހުސެއިން ޙިލްމީ

ކުޅިވަރު ކުޅުމުގައި އެއްވެސް ފީއެއް ނުނަގާ ބޭނުން ކުރުވުމުގެ ފުރުސަތު ދެޖިންސުގެ ޒުވާނުންނާއި އެކި އުމުރުގެ މީހުންނަށް ހުޅުވާލެވިފައިވާ ސޯޝަލް ސެންޓަރު ގައި ތަފާތު އިންޑޯރ ކުޅިވަރުތައް ކުޅެވޭ ގޮތަށް ޒަމާނީ ވަސީލަތް ތަކާ އެކު ވަނީ ޤާއިމު ކޮއްފައެވެ. އެގޮތުން އެންމެ މި ޒަމާނުގެ ބެޑްމިންޓަން ކޯޓަކާއި ބިލިއާރޑް, ޑާޓް ،ޓީޓީ ، ޗެސް އަދި ކެރަމް ކުޅެވޭނެ ތަންތަނުގެ އިތުރުން ކަރަައޯކޭ ރޫމު, 3ޑީ ސިނަމާ އަކާއި ޖަލްސާ ކުރާ ހޯލެއް ހުރިހާ ވަސީލަތްތަކާއެކު ބޭނުން ކުރެވޭ ގޮތަށް ވަނީ ހަދާފައެވެ.

ޔުނިކް ސޯޝަލް ސެންޓަރު ހުޅުވުމަށް ކުލަ ގަދަކޮށް ބޭއްވި ރަސްމިއްޔާތަށް ފަހު އެތަނުގައި ކުޅޭ ބައެއް ކުޅިވަރުތައް ރަމްޒީކޮށް ކުޅުން ދައްކާލެވުނު ރޭގެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ. ސްޕޯޓްސް ކްލަބް ޔުނިކް އަކީ މީގެ އަހަރެއް ކުރިން ރަޖިސްޓަރީ ކޮށް ގދތިނަދޫ ގައި ކުޅިވަރާ މުނިފޫހިފިލުވުމަށް ޚާއްޞަ ކޮށްގެން އުފައްދައި ހަރަކާތްތެރި ވަމުން އަންނަ ޖަމްޢިއްޔާއެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި