މާލެ އޮޕްޓިކަލް ގދ ތިނަދޫ ފިހާރަ އިން ލޮލުގެ ނަންބަރު އައިނު ހައްދައިދޭ އަގު %25 އަށް ކުޑަ ކޮށްފިއެވެ.

"ހުވަދޫ" އަށް މައުލޫމާތު ދެމުން މާލެ އޮޕްޓިކަލް އިން ބުނީ މާދަމާ އިން ފެށިގެން އެތަނުން ހައްދާ ނަންބަރ އައިނު ތަކަށް 25 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ފަށަނީ ތިނަދޫ ފިހާރައިގައި ކުރިޔަށް ގެންދާ ޚާއްސަ ޕްރަމޯޝަނެއްގެ ދަށުން ކަމަށެވެ. އެގޮތުން މާދަމާ އިން ފެށިގެން 2 ހަފުތާ ގެ ނިޔަލަށް އެ ޕްރަމޯޝަން ކުރިޔަށް ދާނެ ކަމަށާއި ނަންބަރު އައިނު ހަދަން ބޭނުންވާ އެންމެފަހުގެ ދުނިގަނޑު ތައް މިހާރު ، މާލެ އޮޕްޓިކަލް ތިނަދޫ ފިހާރަ އަށް ފޮނުވާފައި ވާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މި ޕްރަމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ 7908337 ނަންބަރަށެވެ. 

މާލޭ އޮޕްޓިކަލް ކޮމްޕެނީއަކީ، ރާއްޖޭގައި އައިނު ހަދައިދިނުމުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ކުންފުންޏެވެ. މި މަސައްކަތް އެކުންފުނިން ފެށީ، 1981 ވަނަ އަހަަަަަަރުއެވެ. މި ޚިދުމަތް ރާއްޖެއިން ލިބެން ފެށުމުން ރާއްޖޭގައި އައިނު ހަދަން ބޭނުންވެފައިވާ ގިނަބަޔަކަށް މިކަމުގެ ލުއިފަސޭހަކަން ލިބިގެންދިޔައެވެ. އައިނު ހެދުމުގެ އިތުރަށް، އަޑު އިވުމުގެ ޙިއްސަށް އުނިކަން ލިބިފައިވާ މީހުންނަށް ހިޔަރިންގ އެއިޑް ހޯދައިދިނުމުގެ ޚިދުމަތްވެސް މި ކުންފުނިން ދަނީ ފޯރުކޮށްދެމުންނެވެ.

މާލެ އޮޕްޓިކަލް އަކީ ޞިއްޙީ ޚިދުމަތްކުރުމުގެ ރޮނގުން އާންމު ޚިދުމަތުގެ ޤައުމީ އިނާމާއި، ސަރުކާރުން ދެއްވާ ޚާއްސަ އިނާމް ލިބިފައިވާ ދިވެހިންގެ އިތުބާރާއި ލޯބި ހޯދައިފައިވާ ކުންފުންޏެކެވެ.