1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތިނަދޫ ބަނދަރުގައި މަސް ކިރާނެ ބޯޓެއް ނެތިގެން މަސްވެރިން އިހްތިޖާޖަށް

85733AAA-6AF7-41C6-8986-CD0F76E59147
މުހައްމަދު އަޚްތަރު
1,463ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގދ.ތިނަދޫ ބަނދަރުގައި މަސް ކިރާނެ ބޯޓެއް ނެތިގެން މަސްވެރިންނާއި އޮޑިވެރިން އިހްތިޖާޖް ކުރަން ފަށައިފިއެވެ.

ތިނަދޫ އައިސް ޕްލާންޓް ކުރިމަތީގައި މިއަދު މެންދުރު 2 ޖެހި އިރު ފެށި މި އިހްތިޖާޖް ގައި ބައިވެރިވި މަސްވެރިން ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އެމީހުންގެ އިހްތިޖާޖަކީ ގިނަ އަދަދަކަށް މަސް ބާނައި އެ މަސްތައް ނުކިރި ގިނަ ދުވަސް ވުމާއި އަބަދު އައިސް އަޅައަޅައި ތިނަދޫ ބަނދަރުގައި ތިބެފަ, މަސް ކިރަން ފަރެސްމާތޮޑާ ބަނދަރަށް ދާން ޖެހުމުގައި އުނދަގޫ ހުއްޓުވުމަކަށް ގެނައުމެވެ.

63C02075-56F1-4ADC-ADEF-78792299764F

300 × 250

"މި ތިބީ އެތައް ސަތޭކަ ޓަނުގެ މަހާ އެކީ ބައެއް ދޯނި ފަހަރު މިހެން ތިބޭތާ 2 ހަފުތާ ވެއްޖެ"މަސްވެރިއަކު ބުންޏެވެ.

އިހްތިޖާޖް ގެ ބައިވެރިން ބުނުމުން ދަނީ ތިނަދޫ ބަނދަރަށް ކުރިންވެސް އޮތް ގޮތަށް މަސް ކިރާނެ ބޯޓެއް ގެނައުމަށެވެ.

24819698-5572-4C6A-8F74-5DD0C099BC71

ތިނަދޫ އައިސް ޕްލާންޓް ކުރިމައްޗަށް ގިނަ އަދަދެއްގެ ދޯނި ތަކެއް ޖަމާ ވެފައިވާ އިރު ބައެއް މަސްވެރިން ތިބީ ތިނަދޫ އައިސް ޕްލާންޓް ކުރިމަތީގައި ޖޯލި އަތުރައިގެން ނެވެ. އެމީހުން ބުނީ ސަރުކާރުން މިކަމުގައި ޒިއްމާ ނަގާ ޖަވާބެއް ދޭން ޖެހޭ ކަމަށެވެ.

މި އިހްތިޖާޖް ގައި ބައިވެރިވާ މީހުން ދަނީ އިތުރަށް ގިނަވަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި