ތިނަދޫ ގައި ބަނދަރަށް މަސް ގަންނަ ބޯޓެއް ނައިސިއްޔާ އައިސް ނުވިއްކޭނެ ކަމަށް ބުނެ ތިނަދޫ އައިސް ޕްލާންޓް ބަންދުކޮށް އެތަނުގައި ބޮޑު ތަޅު އަޅުވައިފިއެވެ.

މިއަދު މެންދުރުން ފެށިގެން މަސްވެރިން ކުރަމުންދާ އިހްތިޖާޖް ގައި ސަރުކާރުން ޖަވާބެއް ނުދީގެން ތިނަދޫ އައިސް ޕްލާންޓް ގައި ތަޅުއެޅުވީ އިހްތިޖާޖް ގައި ބައިވެރިވި މަސްވެރިންނެވެ. އެމީހުން ވަނީ ތަފާތު ޝުޢޫރުތައް ލިޔެފައި ހުރި ޕޯސްޓަރުތައް ވެސް އައިސް ޕްލާންޓް ގައި ތަތްކޮއްފައެއެވެ.24819698-5572-4C6A-8F74-5DD0C099BC71

ތިނަދޫ އައިސް ޕްލާންޓް ކުރިމަތީގައި މިއަދު މެންދުރު 2 ޖެހި އިރު ފެށި މި އިހްތިޖާޖް ގައި ބައިވެރިވި މަސްވެރިން ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އެމީހުންގެ އިހްތިޖާޖަކީ ގިނަ އަދަދަކަށް މަސް ބާނައި އެ މަސްތައް ނުކިރި ގިނަ ދުވަސް ވުމާއި އަބަދު އައިސް އަޅައަޅައި ތިނަދޫ ބަނދަރުގައި ތިބެފަ, މަސް ކިރަން ފަރެސްމާތޮޑާ ބަނދަރަށް ދާން ޖެހުމުގައި އުނދަގޫ ހުއްޓުވުމަކަށް ގެނައުމެގެ ބޭނުމުގައި ކުރަމުންދާ އިހުތިޖާޖެއް ކަމަށެވެ.

އިހްތިޖާޖް ގެ ބައިވެރިން ބުނުމުން ދަނީ ތިނަދޫ ބަނދަރަށް ކުރިންވެސް އޮތް ގޮތަށް މަސް ކިރާނެ ބޯޓެއް ގެނައުމަށެވެ.

ތިނަދޫ އައިސް ޕްލާންޓް ކުރިމައްޗަށް ގިނަ އަދަދެއްގެ ދޯނި ތަކެއް ޖަމާ ވެފައިވާއިރު ބައެއް މަސްވެރިން ތިބީ ތިނަދޫ އައިސް ޕްލާންޓް ކުރިމަތީގައި ޖޯލި އަތުރައިގެންނެވެ. އެމީހުން ބުނީ ސަރުކާރުން މިކަމުގައި ޒިންމާ ނަގާ ޖަވާބެއް ދޭން ޖެހޭ ކަމަށެވެ.