1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙްސިން ޙަމީދު އެމްޑީޕީއަށް ސޮއިކުރައްވައިފި

big_MEHpP2FQ0ZJrtvDv12PcWt0Ym
ނިލަންދޫ ދާއިރާގެ މެމްބަރު އެމްޑީޕީއަށް ސޮއި ކުރި ބައްދަލުވުމުގެ ތެރެއިން- ފޮޓޯ : އެމްޑީޕީ
ހުވަދޫ ނިއުސް ޓީމް
623ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިޚާބުވި ނިލަންދޫ ދާއިރަގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަބްދުލްމުޙްސިން ޙަމީދު، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ.

މެންބަރު ޢަބްދުލްމުޙްސިން އެމް.ޑީ.ޕީއާއި ގުޅިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

https://twitter.com/presidencymv/status/1662349876095770624?s=20

300 × 250

މިގޮތުން ރައީސުލްޖުމްހޫރިއްޔާ ނިލަންދޫ ކައުންސިލާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު މެންބަރު ޢަބްދުލްމުޙްސިން އެމް.ޑީ.ޕީއާއި ގުޅިވަޑައިގެން ސޮއިކުރެއްވި ފޯމް ވަނީ ރައީސުލްޖުމްހޫރިއްޔާ އަދި އެމް.ޑީ.ޕީގެ އިސް ލީޑަރު އިބްރާހީމް މުޙައްމަދު ޞާލިޙާއި ޙަވާލުކުރައްވާފައެވެ.

https://twitter.com/MDPSecretariat/status/1662369117419208704?s=20

މެންބަރު ޢަބްދުލްމްޙްސިން މިހާތަނަށް މަޖިލީހުގައި ހުންނެވީ މިނިވަން މެންބަރެއްގެ ގޮތުގައެވެ. ޢަބްދުލްމުޙްސިން ވެރިކަން ކުރާ މައި ޕާޓީ އެމް.ޑީ.ޕީއާއި ގުޅިވަޑައިގަތުމުން އެޕާޓީގެ ފަރާތުން މަޖިލީހުގައި ތަމްސީލްކުރައްވާ މެންބަރުންގެ ޢަދަދު ވަނީ 56 އަށް އިތުވެފައެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި