ގދތިނަދޫ ބަނދަރުގައި އިއްޔެ އިން ފަށިގެން ކުރިޔަށް ގެންދާ މަސްވެރިންގެ އިޙްތިޖްގައި ގދ ތިނަދޫ އައިސް ޕްލާންޓްގައި އެޅުވި ބޮޑު ތަޅުގެ ތަޅުދަނޑި މޫދަށް އެއްލާލުމަށް ފަހު ހުވަދޫ މަސްވެރިން މިއަދުވެސް އިޙްތިޖާޖް ކުރިޔަށް އެބަ ގެންދެއެވެ.
އައިސް ޕްލާންޓް އަދިވެސް ހުރީ ތަޅު އަޅުވާފައެވެ. އިޙްތިޖާޖް ގެ ބައިވެރިން އެމީހުންގެ ދޯނި ފަހަރާއެކު އަދިވެސް ތިބީ އައިސް ޕްލާންޓް ކުރިމަތީގައެވެ.
ތިނަދޫ ގައި ބަނދަރަށް މަސް ގަންނަ ބޯޓެއް ނައިއްޔާ އައިސް ނުވިއްކޭނެ ކަމަށް ބުނެ ތިނަދޫ އައިސް ޕްލާންޓް ބަންދުކޮށް އެތަނުގައި ބޮޑު ތަޅު އެޅީ އިއްޔެ ހަވީރު އެވެ. އިއްޔެ މެންދުރުން ފެށިގެން މަސްވެރިން ކުރަމުންދާ އިހްތިޖާޖް ގައި ސަރުކާރުން ޖަވާބެއް ނުދީގެން ތިނަދޫ އައިސް ޕްލާންޓް ގައި ތަޅުއެޅުވީ އިހްތިޖާޖް ގައި ތިބި މަސްވެރިންއެވެ. އެމީހުން ވަނީ ތަފާތު ޝުޢޫރު ތައް ލިޔެފައި ހުރި ޕާސްޕޯޓަރުތައް ވެސް އައިސް ޕްލާންޓް ގައި ތަތްކޮއްފައެއެވެ.

ތިނަދޫ އައިސް ޕްލާންޓް ކުރިމަތީގައި އިއްޔެ މެންދުރު 2 ޖެހި އިރު ފެށި މި އިހްތިޖާޖް ގައި ބައިވެރިވި މަސްވެރިން ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އެމީހުންގެ އިހްތިޖާޖަކީ ގިނަ އަދަދަކަށް މަސް ބާނައި އެ މަސްތައް ނުކިރި ގިނަ ދުވަސް ވުމާއި އަބަދު އައިސް އަޅައަޅައި ތިނަދޫ ބަނދަރުގައި ތިބެފަ, މަސް ކިރަން ފަރެސްމާތޮޑާ ބަނދަރަށް ދާން ޖެހުމުގައި އުނދަގޫ ހުއްޓުވުމަކަށް ގެނައުމެވެ. އިހްތިޖާޖް ގެ ބައިވެރިން ބުނުމުން ދަނީ ތިނަދޫ ބަނދަރަށް ކުރިންވެސް އޮތް ގޮތަށް މަސް ކިރާނެ ބޯޓެއް ގެނައުމަށެވެ. ބާނާ ހުރިހާ މަހެއް ކިރުވޭނެ ގޮތެއް ހަމަނުޖެހޭ ހިނދަކު ތިނަދޫ އައިސްޕްލާންޓް ހުޅުވިޔަ ނުދޭނެ ކަމަށް ވެސް ބުނަމުން ދެއެވެ.
https://twitter.com/huvadhoomedia/status/1662121067262124032?s=20
ތިނަދޫ އައިސް ޕްލާންޓް ކުރިމައްޗަށް ގިނަ އަދަދެއްގެ ދޯނި ތަކެއް ޖަމާ ވެފައިވާ އިރު ބައެއް މަސްވެރިން ތިބީ ތިނަދޫ އައިސް ޕްލާންޓް ކުރިމަތީގައި ޖޯލި އަތުރައިގެން ނެވެ. އެމީހުން ބުނީ ސަރުކާރުން މިކަމުގައި ޒިއްމާ ނަގާ ޖަވާބެއް ދޭން ޖެހޭ ކަމަށެވެ. މި އިހްތިޖާޖް ގައި ބައިވެރިވާ މީހުން ދަނީ އިތުރަށް ގިނަވަމުންނެވެ. ހުވަދޫ މީޑިއާ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ގެންދަނީ މި މައްސަރު ޙައްލު ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.