ރާއްޖެ އެތެރެކުރި އިންޖެކްޝަން ބެޗެއްގައި މައްސަލަ ދިމާވުމުން އެ ބޭނުން ކުރުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ އެސިލޮކް Aciloc ( Ranitidine Injection ) ގެ ބެޗަކުން ކޮލިޓީގެ މައްސަލަތަކެއް ފެނިފައިވާ ކަމަށެވެ. އެހެންކަމުން އެ ވައްތަރުގެ ބެޗު ނަމްބަރު RP21311 ރާއްޖެ އެތެރެކޮށް، ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށެވެ.

https://drive.google.com/file/d/13PSnGFBWJOG2QPgbGn8a_5IZu6kenq25/view?usp=sharing

ފުޑް އެންޑް ޑުރަގް އޮތޯރިޓީގެ އެލާޓުގައިވާ ގޮތުން, ކޮލިޓީގެ މައްސަލަ އުޅެނީ އިންޑިއާގެ އަހުމަދުއާބާދުގައި ހުންނަ ކާޑިލާ ފާމަސޫޓިކަލް ލިމިޓެޑުން އުފައްދާ ވެކްސިނެއްގެ އެވެ. އެއީ 25 މިލިގުރާމްގެ ބާރުގަދަ އިންޖެކްޝަނެކެވެ.

އެ އިދާރާ އިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު، ޕޯޓްތަކުގައި ޚާއްސަ ސަމާލުކަން ދީގެން ބަލައި ފާސްކުރާނެ ކަމަށެވެ. އަދި އެ ބޭހުގެ އެ ބެޗު, އެއްވެސް ފާމަސީއެއް ނުވަތަ ސިއްހީ ހިދުމަތް ދޭ ތަނެއްގައި ހުރި ނަމަ އެކަން އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް އެންގުމަށް އެދިފައިވެ އެވެ.