ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުން ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވައިފިއެވެ. މި ބޭފޫޅުން "ދަ ޑިމޮކްރެޓްސް" އާ ގުޅިވަޑައިގެން ސޮއި ކުރައްވާފައިވަނީ، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދޫކުރައްވަ އެވެ.

އެކަން ހާމަކުރައްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލްއުސްތާޛް ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި އަދި ކާމިޔާބީއެއް ކަމަށެވެ. އެކަމަކަށްޓަކައި ހަސަން ލަތީފް ވަނީ ކުޅުދުއްފުށީ ކައުންސިލަރުންނަށް މަރުހަބާއާއި ޝުކުރު ދަންނަވާފައެވެ.

https://twitter.com/HassanLatheef/status/1663486752068349952?s=20

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދެވި ފިކުރެއްގެ ދިރުން ގޮފިން އުފައްދަން ނިންމާފައިވާ ޕާޓީ ކަމުގައިވާ "ދި ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީން) ދީފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. ދި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސްއިން ދީފައި ވާއިރު، އެ ޕާޓީން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަންވެސް ވަނީ ނިންމާފައެވެ.